ނަވާރަ ވަނަ އެމްބީއޭ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގެ ގްރޫޕް ދޭއްގައި އިއްޔެ ހަވީރު ކުޅުނު މެޗު ވިކްޓަރީ ސްޕޯޓްސް ކުލަބުން ކާމިޔާބުކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މި މެޗް ވިކްޓަރީން ކާމިޔާބުކުރީ ޔޫ އެން ފްރެންޑްސްއާ ވާދަކޮށް 54 ޕޮއިންޓް 64 ޕޮއިންޓުން ނެވެ.

މެޗްގައި ޔޫއެންފްރެންޑްސް އަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ އިބްރާހިމް މުއާޒެވެ. އޭނާ ވަނީ ބަޔަށް 15 ޕޮއިންޓް ހޯދައިދީފަ އެވެ.

މެޗްގެ މޮޅުކުޅުންތެރިޔާގެ މަޤާމް ހޯދީ ވިކްޓަރީއަށް 37 ޕޮއިންޓް ހޯދައިދިން އިބްރާހިމް ރަޝްވާނެވެ.

މިމުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމަކީ ޓީރެކްސް އެވެ.