25 May 2019, 12:26
ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އިންޑިއާގެ ފުލުހުން އަތުލައިގެންފި އެވެ.
އިންޑިއާ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ގައުމުގެ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގެންފައިވަނީ ރާއްޖެ އެތެރެކުރަން އުޅުނު 11.5 ކިލޯގެ މަސްތުވާތަކެއްޗެވެ. އެއީ 11.5 ކިލޯގެ ހަޝިޝް އޮއިލް އެވެ.
އޭގެ އިތުރަށް ފުލުހުން ވަނީ 2.5 ކިލޯގެ ގަންޖާ ވެސް އަތުލައިގެންފަ އެވެ. އެ މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް އިންޑިއާ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ ނޫސްތައް ބުނެއެވެ.
އެ މަސްތުވާތަކެތި ފުލުހުން އަތުލައިގަތީ ރާއްޖެ ގެންދިޔުމަށް އެ ތަކެތި އެޖެންޓަކާ ހަވާލުކުރުމަށް ވެހިކަލެއްގައި ދަނިކޮށެވެ.