25 May 2019, 17:30
ޓީވީ އެކްޓްރެސް އަދި މޮޑެލް މާހި ވިޖް 37، އަށާއި އޭނާގެ ފިރިމީހާ އެކްޓަރު ޖޭ ބަނޫޝަލީ 34، އަށް ދަރިއަކު ލިބެން އުޅޭކަން އެދެމަފިރިން ހާމަކޮށްފިިއެވެ.
މާހީ ބަލިވެއިންކަން ޖޭ ހާމަކުރީ އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓްގައެވެ.
"ނަޗް ބަލިއޭ"ގެ ތަރި ޖޭ އާއި މާހީ އަށް ދަރިއަކު ލިބޭ ކަމަށް ހާމަކުރުމާއެކު ގިނަ ފަންނާނުންނާއި އެމީހުންގެ ފޭނުން އަންނަނީ ސޯޝަލް މީޑިއާގައި އުފާފާޅުކޮށް މަރުހަބާ ކިޔަމުންނެވެ.
އެ ދަރިފުޅުވެގެންދާނީ ދެމަފިރިންގެ ފުރަތަމަ ދަރިފުޅަށްވެސް މެއެވެ.
އިންސްޓަގްރާމްގައި މާހީ ބަނޑުބޮޑުކަން ހާމަކުރަމުން ޖޭ ބުނީ މިއަހަރު މާހީ ވިހާނެ ކަމަށެވެ.
ޖޭ އާއި މާހީ ކައިވެނިކޮށްފައިވަނީ 2010 ވަނަ އަހަރުއެވެ.