23 May 2019, 17:55
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި މަސައްކަތްކުރާ އޮޕަރޭޝަން ޑޮކްޓަރެއްގެ ކޮންޓްރެކްޓް އާނުކުރުމުން އޭނާގެ ކޮންޓްރެކްޓް އާކުރުމަށް އެދި އެ ހޮސްޕިޓަލްގެ މުވައްޒަފުން ހެލްތު މިނިސްޓްރީއަށް ޕެޓިޝަނެއް ހުށަހަޅައިިފިއެވެ.
"ސަން" އަށް އެނގިފައިވާގޮތުގައި އެ ހޮޮސްޕިޓަލްގައި މަސައްކަތްކުރާ މިސްރުގެ ޑޮކްޓަރެއް ކަމަށްވާ މުހައްމަދު ހުސެއިން މުހައްމަދު އަބޯ އަލް ފައްތާހުގެ ކޮންޓްރެކްޓް ހަމަވާން ވަނީ ކައިިރިވެފައެވެ. ނަަމަވެސް ހެލްތު މިނިސްޓްރީންވަނީ އޭނާގެ ކޮންޓްރެކްޓް އާނުކޮށްދޭން ނިންމައިފައެވެ.
އެ ޑޮކްޓަރު އެ ހޮސްޕިޓަލްގައި މަސައްކަތް ކުރަން ފެށީ 2017 ވަނަ އަހަރު ޖުލައި މަހުގެ ދެވަނަ ދުވަހުއެވެ.
ޑޮކްޓަރުގެ ކޮންޓްރެކްޓް އަލުން އާކުރުުމަށް އެދި ހުށަހެޅި ޕެޓިޝަންގައި 56 މުވައްޒަފުން ވަނީ ސޮއިކޮށްފައެވެ. އޭގެ ތެރޭގައި ކުޅުދުއްފުށީ ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި، ނަރުހުންނާއި އަދި އެހެނިހެން މުވައްޒަފުން ހިމެެނެއެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލްގެ ނަރުހެއް "ސަން" އަށް ކިޔައިދިންގޮތުގައި އެ ޕެޓިޝަން ހެލްތު މިނިސްޓްރީއަށް ހުށަހެޅީ މި ހަފްތާގެ ތެރޭގައެވެ.
ޕެޓިޝަންގައި ބުނެފައިވާ ގޮތުގައި އެ ޑޮކްޓަރަކީ ވަރަށް ޕްރޮފެޝަނަލް އަދި މީހުންނަށް އަޅާލާ ރަނގަޅު ޑޮކްޓަރެއް ކަމަށާއި އަދި އެ ޑޮކްޓަރުގެ ކޮންޓްރެކްޓް އާނުކުރުމުން ވަރަށް ބޮޑަށް ދެރަވާ ކަމަށެވެ.