މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ތެޔޮ ލޮރީއަކާ ޓެކްސީއެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާލުވީ އެ ހާދިސާ ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 11:30 ގައި ކަމަށެވެ.

ފުލުހުން ބުނީ އެ ހާދިސާގައި މީހަކަށް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށާއި އެހެން ނަަމަވެސް ޓެކްސީއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

އެ ހާދިސާ ހިނގިއިރު ޓެކްސީ އަދި ލޮރީގައި ތިބި ޑްރައިވަރުންގެ އަތުގައި ލައިސަންސް އޮތް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މިހާރު ދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.