23 May 2019, 15:11
މިއަދު ހެނދުނުން ފެށިގެން މާލެއަށް ވިއްސާރަކޮށް ފެންބޮޑުވެފައިވާތީ، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ފަށައިފި އެވެ.
އެމްއެންޑީއެފްއިން ބުނީ ފެން ހިންދުމުގެ ގޮތުން ޕަމްޕްތައް ބޭނުންކޮށްގެން ފެން ހިންދަން ފަށައިފައިވާ ކަމަށާއި އެގޮތުން އައިޖީއެމްއެޗްއާއި ވެސްޓްޕާކްކައިރި އަދި ބޮޑުތަކުރުފާނު މަގުގެ ދުވާ ޓްރެކްކައިރީގައި ޕަމްޕް ޖަހައިގެން މަސައްކަތް ފަށައިފައިވާ ކަމަށެވެ.
މިއަދު ހެނދުނުން ފެށިގެން މެންދުރުވަންދަން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ އެކި ހިސާބުތަކުގައި މިހާރުވަނީ ފެންބޮޑުވެފަ އެވެ.
ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން މިއަދު 11 ޖެހި އިރު ވަނީ ވައިޓް އެލާޓް ނެެރެފަ އެވެ. މެޓް އޮފީހުން ބުނީ ރ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ބޯކޮށް ވާރޭ ވެހި ވިލާގަނޑުގައި 40 މޭލަށް ވައި ޖެހޭނެ ކަަމަަށެވެ.
ހުޅަނގު މޫސުމުގެ ގަދަ ނަކަތެއް ކަމުގައިވާ ރޯނު ނަކަތް މިހާރު ވަނީ ފެށިފަ އެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ވިއްސާރަވެ، ވައިގަދަވުމުގެ އިތުރުން ކަނޑުތައް ގަދަވެގެންދާނެ ކަމަށް ލަފާ ކުރެވެ އެވެ.