23 May 2019, 09:35
ފްރައިޑް ރައިސްއަކީ ތަފާތު އެކިގޮތްގޮތަށް އަހަރެމެން ދިވެހިންގެ މެދުގައާއި އަދި ދުނިޔޭގެ އެކި ހިސާބުތަކުގައިވެސް ތައްޔާރުކޮށް އުޅޭ "ކޮމްފޯޓް ފުޑް" އެކެވެ.
މަހުގެ އެކި ބާވަތްތަކާއި އަދި އެމީހަކު ކާހިތްވާ ދެތިން ބާވަތެއްގެ ތަރުކާރީއާއި އެކު ކޮންމެވެސް ވަރެއްގެ ސޯސްގަނޑެއް ހަދާލައިގެން ފްރައިޑް ރައިސް ތައްޔާރުކުރެވޭއިރު، މިއަދު މި ގެނެސްދެނީ ނަހޫ މި ޑިޝް ތައްޔާރު ކުރާ ގޮތެވެ.
މިފަހަރު ކޮންމެހެންވެސް ރަހަބަލާލަން ވާނެއެވެ.
ބޭނުންވާނެ ތަކެތި
- ފްރޯޒަން މިކްސް ވެޖިޓަބަލްސް
- ފިޔާ
- ލީކްސް
- ހިކަނދި ފަތް
- ސްޕްރިންގް އަނިއަން
- ލޮނުމެދު
- އޮއިސްޓާ ސޯސް
- ސޮސެޖް
- ލޮނު
- އަސޭމިރުސް
- ބިސް
- ކައްކާފައި ހުރި ބާސްމަތީ ބަތްކޮޅެއް
ތައްުޔާރުކުރާނެ ގޮތް
ތެއްޔަށް ތެޔޮކޮޅެއް އަޅާ ހޫނުވުމުން ހިކަނދިފަތާއި، ފިޔާ އަދި ލޮނުމެދު އަޅާ ހަތަރު ވަރަކަށް މިނިޓް ކައްކާލާށެވެ. އެއަށްފަހު ސޮސެޖްކޮޅާއި ފްރޯޒަން ވެޖެޓަބަލްސްކޮޅު އަޅާލާށެވެ. އެއަށްފަހު ސްޕްރިންގް އަނިއަން ކޮޅާއި ލީކްސް އަދި އޮއިސްޓާ ސޯސް އަޅާލާށެވެ. ރަނގަޅަށް އެހެން ތަރުކާރީތަކާއި މިކްސްކޮށްލުމަށްފަހު ލޮނާއި އަސޭމިރުސް އަޅާލާށެވެ. އެއަށްފަހު ބިހެއް އަޅާލާއި ހުރިހާއެއްޗެއް އެއްކޮށްލުމަށްފަހު ބާސްމަތީ ބަތްކޮޅާއި ތަރުކާރީ ކޮޅު ރަނގަޅު މިންވަރަކަށް މިކްސް ކޮށްލާށެވެ.
ޓައިޓްލް ސްޕޮންސާ:އުރީދޫ މޯލްޑިވްސް
ލޮކޭޝަން ޕާޓްނަރ:ޓައިޑްސް ކެފޭ އެންޑް ބިސްޓްރޯ
ވީޑިއޯ އަދި އެޑިޓިންގް:ހުސައިން ޝަޔާހު، މުހައްމަދު ޝަފީއު، މުސްތަފާ މުހައްމަދު