23 May 2019, 01:44
ކ. ދިއްފުށީ ފަޅުތެރޭ އޮތް ލޯންޗެއްގައި ރޯވެ އަދަމުންދާތީ އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފްގެ މީޑީއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާގެ ރިޕޯޓްކޮށްފައިވަނީ މިރޭ 01:18 ގައި ކަަމަށެވެ.
ދިއްފުށީގައި މިރޭ ވަނީ ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގައި ދެ މީހަކު ޒަޚަމްވެސް ކޮށްލައިފައެވެ. އެ ހަމަލާގައި ޒަހަމްވި ދެ މީހަކަށް އެ ރަށު ހެލްތު ސެންޓަރުގައި ފަރުވާދީފައިވާއިރު އޭގެ ތެރެއިން އެކަކު އިތުރު ފަރުވާ އަށް މިހާރު މާލެ ގެނެސް އައިޖީއެމްއެޗުގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.
އަދި އަނެއް މީހާއަށް ހެލްތު ސެންޓަރުން ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި މާރާމާރީގައި ޒަަހަމްވި މީހުންގެ ތެރެއިން އެކަަކުގެ މޫނު މަތި ވަަރަށް ބޮޑަށް ފަޅައިގެން ގޮސް ލޭ ފެންނަން ހުއްޓެވެ. އަދި އެނެއް މީހާގެ ފައި ޒަހަމްވެ، ވަރަށް ބޮޑަށް ލޭގެ އަސަރު ފެނިފައިވެ އެވެ.