21 May 2019, 00:24
އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަމުންދާކަމަށް އައިއޭސީ އިން ބުނެފިއެވެ.
އައިއޭސީ އިން ބުނީ އެ ޖަމްއިއްޔާ އިން މިހާރު ކުރިއަށްގެންދާ ޕްރޮޖެކްޓުތަކަށް ފައިސާ ހޯދުމަށްއެދި މެސެޖުތަކެއް ދައުރުވަމުންދާކަމުގެ މައުލޫމާތު އެ އެންޖީއޯ އަށް ލިބިފައިވާ ކަމަށެވެ.

އައިއޭސީ އިން ކުރިއަށްގެންދާ ލޯތްބާއެކު ކެމްޕެއިނުގެ ދަށުން އެހީތެރިކަން ފޯރުކޮށްދެނީ -- ފޮޓޯ: އައިއޭސީ
އެ ޖަމްއިއްޔާގެ ހަރަކާތްތަކަށް ފައިސާ ހޯދުމަށް އެއްވެސް ފަރާތަކަށް ވަކިވަކިން މެސެޖު ނުކުރާނެ ކަމަށާއި ފައިސާ ހޯދުމަށް ކަމަށް ބުނެ ވަކިވަކި ފަރާތްތަކާ ބައްދަލު ކުރަން ނޭދޭނެ ކަމަށްވެސް އައިއޭސީ އިން ބުންޏެވެ.
އެ ޖަމްއިއްޔާ އިން މިހާރު ދަނީ ސީރިޔާ އަދި ޣާޒާގައި ހާލުގައި ޖެހިފައިތިބި މުސްލިމުންނަށް އެހީވުމަށް "ލޯތްބާއެކު" ނަމުގައި ކެމްޕެއިނެއް ކުރިއަށް ގެންދަމުންނެވެ.

އައިއޭސީ އިން ކުރިއަށްގެންދާ ލޯތްބާއެކު ކެމްޕެއިނުގެ ދަށުން އެހީތެރިކަން ފޯރުކޮށްދެނީ -- ފޮޓޯ: އައިއޭސީ
މި ކެމްޕެއިނުގެ ދަށުން އެ ދެގައުމުގައި އުޅޭ މުސްލިމުންނަށް އެހީގެ ގޮތުގައި ކާނާ ފޯރުކޮށްދިނުމަށް އައިއޭސީ އިން ދަނީ މަސައްކަތް ކުރަމުންނެވެ.
އައިއޭސީގެ ކެމްޕެއިނަށް ފައިސާ ހަދިޔާ ކުރާއިރު، ފައިސާ ފޮނުވާ އެކައުންޓަކީ ރަނގަޅު އެކައުންޓުތޯ ބެލުމަށް އެ ޖަމްއިއްޔާ އިން އިލްތިމާސް ކުރެއެވެ.
