20 May 2019, 21:15
އެމްޓީީސީސީީގެ އާންމު ހިއްސާދާރުން ތަމްސީލުކުރުމަށް ކުންފުނީގެ ބޯޑަށް އައްޔަނު ކުރުމަށް ހަތަރު މީހެއްގެނަން ޝޯޓްލިސްޓު ކޮށްފިއެވެ.
އެމްޓީސީސީގެ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި އެކުންފުނީގެ ހިއްސާދާރުންގެ ފަރާތުން ކުންފުނީގެ ބޯޑަށް ދެ ޑިރެކްޓަރަކު އައްޔަނު ކުރާނެއެވެ.
އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ މީހުންގެ ތެރެއިން ކުންފުނިގެ ޑިރެކްޓަރުންގެ ބޯޑުން ޝޯޓުލިސްޓުކޮށްފައިވާ މީހުންނަކީ:
އާއިޝަތު ހުސައިން މަނިކު/ އެމްޓީސީސީގައި 84 ހިއްސާ
ފަތުހުﷲ އިސްމާއިލް/ އެމްޓީސީސީގައި 40 ހިއްސާ ، 2014 އިން 2017 އަށް އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިފައިވޭ
އަހުމަދު އަބޫބަކުރު / އެމްޓީސީސީގައި 379 ހިއްސާ، 2013 އިން 2017 އަށް އެމްޓީސީސީގެ ބޯޑު ޑިރެކްޓަރުކަން އަދާކުރެއްވި
ނާޝިމާ އަބްދުއްލަތީފް / އެމްޓީސީސީގައި 100 ހިއްސާ، 2015 އިން 2019 އަށް އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގެންފައިވޭ
މި ހަތަރު ނަމުގެ ތެރެއިން އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނު ކުރުމަށް ދެ ނަމެއް ފާސްކުރާނީ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައެވެ.
އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ ބާއްވާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެއެވެ. 2018 ވަނަ އަހަރު ލިބުނު ފައިދާ ދަށްވުމުން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވަނީ ހިއްސާގެ ފައިދާ ނުބަހާގޮތަށް ފާސްކުރުމަށް އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށެވެ.