އިލެކްޝަންސް ކޮމިޝަނަށް އޮޑިޓް ރިޕޯޓް ހުށަނާޅައިގެން އަދާލަތު ޕާޓީ އާއި ޑީއާރުޕީ ޖޫރިމަނާ ކުރަން އެ ކޮމިޝަނުން ނިންމައިފި އެވެ.

އޮޑިޓް ރިޕޯޓް ހުށަހެޅުމަށް ގާނޫނުގައި ބުނާ މުއްދަތު ހަމަވީ، މި މަހުގެ ނުވަ ވަނަ ދުވަހަށެވެ.

އީސީއިން މިއަދު ބުނީ އެ މުއްދަތުގައި އޮޑިޓް ރިޕޯޓް ހުށަ ނާޅަނީ އަދާލަތު ޕާޓީ އަދި ޑީއާރުޕީ ކަމަށެވެ. އަދި އޭގެއިން ކޮންމެ ޕާޓީއެއް 50،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް ވެސް އީސީއިން ބުންޏެވެ. އެހެން ޕާޓީތަކުން ވަނީ އޮޑިޓް ރިޕޯޓް ހުށަހަޅައިފަ އެވެ.

އަދާލަތު ޕާޓީ އާއި ޑީއާރުޕީގައި 10،000 މެންބަރުން ހަމަނުވާތީ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ކަނޑައަޅާފައިވާ ފައިސާ މި ދެ ޕާޓީއަށް ނުލިބެ އެވެ.