ނަވާރަ ވަނަ އެމްބީއޭ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގެ ގްރޫޕް އެކެއްގައި ރޭ ކުޅުނު މެޗު ބޮޑު ތަފާތަކުން ރެޑްލައިން ކުލަބުން ކާމިޔާބުކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މި މެޗް ރެޑްލައިން އިން އިން ކާމިޔާބުކުރީ ވެލެންސިއާ ވާދަކޮށް 68 ޕޮއިންޓް 102 ޕޮއިންޓުން ނެވެ.

މެޗްގައި ވެލެންސިއާއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ ހުސެން އަމީން އާއި ސުވާދު ޝައީދެވެ. މި ދެކުޅުންތެރިން ވެސް ވަނީ ބަޔަށް 16 ޕޮއިންޓް ހޯދައިދީފައެވެ. އަދި ހަރިކޭނަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ މުހައްމަދު ޒިލާލްއާ، އަހުމަދު އަފްސާން ރަޝީދު އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި އިސްމާއިލް ވިލްދާން ޔޫސުފެވެ. މިތިން ކުޅުންތެރިން ވެސް ބަޔަށް 20 ޕޮއިންޓު ރޭގެ މެޗުގައި ކާމިޔާބު ކޮށްދިނެވެ.

މުބާރާތުގައި މިއަދު 16:15 ގައި ބައްދަލު ކުރާ ދެޓީމަކީ ގްރޫޕް ދޭއްގެ ފަޅިން ވާދަކުރާ ވިކްޓަރީއާ ޔޫއެން ފުރެންޑްސްއެވެ.