ކުޑަކުދިންނާގުޅޭ 113 މައްސަލަ މިދިޔަ މަހު ހުށަހެޅިކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ މިދިޔަ މަހު އެ މިނިސްޓްރީއަަށް 206 މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 113 މައްސަލައަކީ ކުޑަކުދިންނާ ގުޅޭ އެކި މައްސަލަތައް ކަމަށެވެ. މިއީ ހުށަހެޅުނު މައްސަލަތަކުގެ 55 ޕަސެންޓްވެސް މެއެވެ.

ކުޑަކުދިންގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހަޅާފައިވަނީ އިހުމާލުވުމުގެ މައްސަލަކަމަށާއި އޭގެ 37 މައްސަލަ ހިމެނޭކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.

އޭގެ އިތުތުން ޖިންސީ ހާނިއްކައިގެ 22 މައްސަލައަކާއި ޖިސްމާނީ ހާނިއްކައިގެ 22 މައްސަލައެއްގެ އިތުރުން ނަފްސާނީ ހާނިއްކައިގެ 22 މައްސަލައާއި އަދި ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ ފަސް މައްސަލަ ހިމެނެއެވެ.

ގަނާކުރުމާއި ފުރައްސާރަކުރުމުގެ ހަތަރު މައްސަލައާއި އަދި ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ޖިންސީގޮތުން ބޭނުންކުރުމުގެ އެއް މައްސަލަ ޖެންޑާއަށް ހުށަހަޅާފައި ވެއެވެ.

ޖެންޑާއަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި އެކި ކުށްތައްކުރި ހަތަރު ކުޑަކުއްޖެއްގެ މައްސަލަވެސް ހިމެނެއެވެ. އޭގެ ތެރޭގައި މާރާމާރި ހިންގުމުގެ އެއް މައްސަލަވެސް ހިމެނެއެވެ.