19 May 2019, 09:21
ކަދުރަކީ ހުރިހާ ގޮތަކުންވެސް ރޯދަ މަހާއި ގުޅި ލޭމެހިފައިވާ އެއްޗެކެވެ. ވީއިރު، ތަފާތުކޮށްލުމުގެ ގޮތުން މިފަހަރު ކަދުރު ކޭކޭއް ތައްޔާރުކޮށްލުން ކިހިނެއްވާނެ ބާވައެވެ. މިއަދު އުރީދޫ ބަދިގޭގައި ނަހޫ ތައްޔާރުކޮށްލާނީ ކަދުރު ކޭކެކެވެ. މި ރެސިޕީއަކަށް ކޮންމެހެން މެޝަރިން ކަޕްސް އެއް ބޭނުމެއް ނުވާނެއެވެ. ވަރަށް ފަސޭހަވާނެ އެވެ.
ބޭނުންވާ ތަކެތި
- 1 ލާހި ފުށް
- 1/2 ތަށި މާޖިރިން (ކުޑަ ތަށި)
- 1/2 ލާހި ހަކުރު
- 1 ސައި ސަމްސާ ވެނީލާ އެސެންސް
- 1 ސައި ސަމްސާ ބޭކިން ޕައުޑާ
- 1 ޖޯޑު ކަދުރު (އޮށްތައް ނަގާފައި)
- 3 ބިސް
ތައްޔާރު ކުރާނެ ގޮތް
އެންމެ ފުރަތަމަ މާޖިރިން އާއި ހަކުރު ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު ފަހަރަކު ބިހެއް އަޅާ މިކްސް ކުރަމުން ދާށެވެ. ހުރިހާ އެއްޗެއް ރަނގަޅަށް ގިރާލެވުމުން ފުށް އަޅާށެވެ. އަނެއްކާވެސް މިކްސް ކުރުމަށްފަހު ވެނިލާ އެސެންސް އަދި ބޭކިން ޕައުޑާ އަޅާލާށެވެ. އެންމެ ފަހުން ކަދުރު އަޅާ މިކްސް ކޮށްލާށެވެ.
ހުރިހާ އެއްޗެއް ރަނގަޅަށް މިކްސް ކޮށްލެވުމުން ބޭކިން ޓްރޭއެއްގައި 25-30 މިނިޓް 160 ޑިގްރީގައި ފިހެލާށެވެ.
ޓައިޓްލް ސްޕޮންސާ:އުރީދޫ މޯލްޑިވްސް
ލޮކޭޝަން ޕާޓްނަރ:ޓައިޑްސް ކެފޭ އެންޑް ބިސްޓްރޯ
ވީޑިއޯ އަދި އެޑިޓިންގް:ހުސައިން ޝަޔާހު، މުހައްމަދު ޝަފީއު، މުސްތަފާ މުހައްމަދު