11 Jun 2010, 10:07
14:30
މެކްސިކޯގެ ކަނޑުގެ ސަރަހައްދަށް ތެޔޮ ލީކުވަމުންދާ މިންވަރު އަންދާޒާކުރި ވަރަށްވުރެ އިތުރު ކަމަށް އާ ހޯދުންތަކުން ދައްކައިފި އެވެ.
ގަލްފް އޮފް މެކްސިކޯގައި ތެޔޮނަގަން ހަދާފައި ހުރި ރިގެއްގައި އަލިފާން ރޯވެ އެތަން އަޑިއަށް ދިޔުމުގެ ސަބަބުން ކަނޑަށް ތެޔޮ ލީކްވަމުންދާ ދިޔުން ހުއްޓުވުމަށް ވަރަށް ގިނަގުނަ މަސައްކަތްތަކެއް އެމެރިކާގެ ސަރުކާރުންނާ ކަމާ ބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.
ނަމަވެސް އެމެރިކާގެ ސައިންޓިސްޓުންގެ ފަހުގެ ހޯދުންތަކުން ދައްކާ ގޮތުގައި ލީކްވަމުންދާ ތެލުގެ އަދަދު މަދުކުރުމުގެ މަސައްކަތް މި މަހުގެ ތިން ވަނަ ދުވަހުގެ ކުރިން ފެށުމުގެ ކުރިން ދުވާލެއްގެ މައްޗަށް ވިހި ހާހާއި ސާޅީސް ހާސް ބެރެލްގެ ތެޔޮ ލީކްވަމުންދާ ކަމުގައި ވިދާޅުވި އެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސައިންޓިސްޓަކު މިކަންތައް ހާމަކޮށްފައި މިވަނީ އެކަމުގައި ޒިންމާވާ ބީޕީ ކުންފުނިން ލީކްވަމުންދާ ތެލުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުގެ ޒިންމާ ނެގުމަށް އެމެރިކާގެ ސަރުކާރުން އެކުންފުންޏަށް ބާރުއަޅާފައި ވަނިކޮށެވެ.