17 May 2019, 10:29
ފަހަކަށް އައިސް އަހަރެމެންގެ ކެއިން ބުއިމަށް އައިސްފައިވާ އެންމެ ބޮޑު އެއް ބަދަލަކީ ވީހާވެސް ހެލްތީ ނުވަތަ ސިއްހަތަށް ފައިދާހުރި ވައްޓަފާޅިއަކަށް ލޯބިކުރުމެވެ. މިގޮތުންވެސް ފަތްޕިލާވެލީގެ ބާވަތްތަކާއި، ތެލާއި ފުށް ފަދަ އެއްޗެހިވެސް ސިއްހަތަށް ފައިދާހުރި ގޮތަކަށް ބޭނުންކުރުމަށް ގިނަ ބަޔަކު ބޭނުންވެ އެވެ. ރޯދަމަހަކީ މިގޮތުން ބަލާއިރު މިފަދަ ބަދަލެއް ދިރިއުޅުމަށް ގެންނަން އެންމެ އެކަށޭނަ ދުވަސްވަރެވެ.
ސުއާދާގެ ފަރާތުން ގެނެސްދޭ އެންމެފަހު ރެސިޕީއަކީ ބެލްސަމިކް ޗިކަން އެންޑް ޕީޗް ސެލެޑެވެ. ރޯދަ ވީއްލާވަގުތާއި އަދި ހާރުގެ ވަގުތަށްވެސް މީރު ސެލެޑެއް ބޭނުންވާނަމަ މިއީ ވަރަށް ކަމުދާނެ ރެސިޕީއަކަށް ވާނެ އެވެ.
ބޭނުންވާ ތަކެތި
- 2 މޭޒުމަތީ ސަމްސާ ބެލްސަމިކް ވިނެގާ
- 2 މޭޒުމަތީ ސަމްސާ އޮލިވް އޮއިލް
- 4 ބޯންލެސް ޗިކަން ބްރެސްޓް
- 2 ޕީޗް
- 100 ގްރާމް ބޭބީ ސްޕިނެޗް
- ކުޑަ ބޭސިލް ފަތްކޮޅެއް
- ލޮނު
- އަސޭމިރުސް
ތައްޔާރުކުރާނެ ގޮތް
ވިނެގާ އަދި އޮލިވް އޮއިލްގެ 1 މޭޒުމަތީ ސަމްސާއަށް ލޮނުކޮޅަލާއި އަސޭމިރުސްކޮޅެއް އަޅާ ރަނގަޅަށް މިކްސްކޮށްލާށެވެ. އެއަށްފަހު ކުކުޅުގައި ރަނގަޅަށް ހާކާލުމަށްފަހު ކޮންމެ ފަރާތެއް 10 މިނިޓް އާއި 12 މިނިޓަށް ގްރިލް ކޮށްލާށެވެ.
ކުކުޅުކޮޅު ބްރައުން ވަންދެން ގްރިލްކުރަން ވާނެ އެވެ. އެއާއިއެކު ޕީޗްތަކުގެ އޮށްވަކިކޮށް ކޮށާލާށެވެ.
ސެލެޑް ތައްޔާރުކުރާ ތަށީގައި ސްޕިނެޗް ފަތްތައް ފަތުރާލުމަށްފަހު ކުކުޅުކޮޅު ޝްރެޑްކޮށްލާށެވެ. ނުވަތަ ކުދިކޮށް ކޮށާލާށެވެ. އެއަށްފަހު ބޭސިލް ފަތްކޮޅުގެ އެއްބަޔާއި ޕީޗް ތަކާއި އެކީ ސެލެޑް ތަށީގެ ތެރެއަށް އާޅާލާށެވެ.
ބާކީ ހުރި ވިނެގަރ އަދި އޮލިވް އޮއިލް އަނެއްކާވެސް ބޭސިލް ކޮޅަކާއި އެކީ މިކްސްކޮށްލުމަށްފަހު ސެލެޑް ތެރެއަށް އަޅާލާށެވެ.
ޓައިޓްލް ސްޕޮންސާ:އުރީދޫ މޯލްޑިވްސް
ލޮކޭޝަން ޕާޓްނަރ:ޓައިޑްސް ކެފޭ އެންޑް ބިސްޓްރޯ
ވީޑިއޯ އަދި އެޑިޓިންގް:ހުސައިން ޝަޔާހު، މުހައްމަދު ޝަފީއު، މުސްތަފާ މުހައްމަދު