ސަން މީޑިއާ ގްރޫޕްގެ މަލްޓީ މީޑިއާ އެޑިޓަރު މުހައްމަދު ޝަފީއުގެ ލޮބުވެތި މާމަ ހދ. ނޮޅިވަރަންފަރު ތަނޑިރަތްމާގެ، ހައްވާ އަލީ(ކަނބުލޮ) 78، ވަނީ މިރޭ ނިޔާވެފައެވެ.

މުހައްމަދު ޝަފީއު އަށާއި އާއިލާއަށް މިދަނޑިވަޅުގައި ކުމަތިވެފައިވާ ފުން ހިތާމާގައި ސަން މީޑިއާ ގްރޫޕްގެ މެނޭޖްމަންޓާއި މުވައްޒަފުން ބައިވެރިވެ ތައުޒިޔާކިޔަމެވެ. އަޅުގަނޑުމެން އެދެނީ އާއިލާއަށް ކެތްތެރިކަން ދެއްވުމަށެވެ.

ކަނބުލޮ އަކީ ނޮޅިވަރަންފަރުގެ ރައްޔިތުންގެ ލޯބި ހޯދާފައިވާ ހީވާގި ކަނބަލެކެވެ. އޭނާ އަކީ ވަރަށް ކުރިން ފެށިގެން ކުޑަކުދިންނަށް ގުރުއާނުގެ އިލްމް އުގައްނައިދުނުމުގައި ފާހަގަކޮށްލެވޭ ކަނބަލެކެވެ.

އާއިލާއަށް ކެތްތެރިކަން ދެއްވައި މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިނިވަރު ކުރައްވާށި.