16 May 2019, 23:38
ހައި ކޯޓުގެ ފަނޑިޔާރު ހަސަން އަލީގެ ކާރުގެ ބިއްލޫރިތައް ބަޔަކު ތަޅާލައި އެ ކާރަށް ގެއްލުންތަކެއް ދީފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހުޅުމާލޭގެ ފްލެޓެއްގެ ފުރަގަހުގައި ޕާކް ކޮށްފައި އޮތް ކާރަކަށް ގެއްލުން ދީގެން މިއަދު އިރުއޮއްސި 6:15 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލް އިތުރަށް ތަހިގީގް ކުރަމުންދާތީ އެ ކާރުގެ ވެރިފަރާތުގެ މައުލޫމާތު ހާމަކުރެވެން ނެތް ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

މިއަދު ހުޅުމާލޭގައި ޕާކް ކޮށްފައި އޮއްވާ ބިއްލޫރި ތަޅާލި ކާރު --- ފޮޓޯ: ފުލުހުން
އެނގިފައިވާ ގޮތުގައި އެ ކާރަކީ ހައި ކޯޓުގެ ފަނޑިޔާރު ހަސަން އަލީގެ ކާރެކެވެ. ފޮޓޯއިން ފެންނަ ގޮތުގައި ރަތް ކުލައިގެ ޕްރައިވެޓް އެ ކާރުގެ ކުރީ ކޮޅާއި ފަހަތުގެ ބިއްލޫރި ވަނީ ތަޅާލައިފަ އެވެ.