16 May 2019, 20:37
ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފުރަތަމަ ޓޯޓަލް ލެޕްރޮސްކޮޕިކް ހިސްޓެރެކްޓޮމީގެ އޮޕަރޭޝަން ކާމިޔާބުކަމާ އެކުކޮށްފި އެވެ.
ޓޯޓަލް ލެޕްރޮސްކޮޕިކް ހިސްޓެރެކްޓޮމީއަކީ، ލޯވަޅެއްތޮރުފައިގެން ރަހިމުނެގުމަށް ކުރާ ހާއްސަ އޮޕަރޭޝަންއެކެވެ.
އިއްޔެ އެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ އަންހެނުންނަށް ޙާއްސަ ޑޮކްޓަރު، ޑރ. ވަރްޝާ ރެންގަރާޖް އެވެ. އަމަލީ އެހީތެރިކަން ފޯރުކޮށްދީފައި ވަނީ ހޭނައްތާ ޑޮކްޓަރު އަދި ހުނަރުވެރި ނަރުހުންގެ ޓީމެކެވެ.
ޓްރީޓޮޕުން ބުނީ އެ ހޮސްޕިޓަލުގެ އޮބްސްޓެޓްރިކްސް އެންޑް ގައިނޮކޮލޮޖީ ޑިޕާޓްމަންޓަކީ، ކޮންމެ އުމުރުފުރައެއްގެެ އަންހެނުންގެ ބަލިތަކަށް ފަރުވާދިނުމުގެ ގާބިލްކަން ހުރި ޕާޓްމަންޓެއް ކަމަށެވެ.
އެގޮތުން ދަރިމައިވުމުގެ ސިއްހަތާއި އަންހެނުންނަށް ހާއްސަ ބަލިތަކަށް ފެންވަރު ރަނގަޅު ހިދުމަތްތައް ފޯރުކޮށްދިނުމަށް އެ ޑިޕާޓްމަންޓުން ބުރަކޮށް މަސައްކަތް ކުރާ ކަމަށް ބުންޏެވެ.
ޓްރީޓޮޕް އިން ބުނީ އެ ހޮސްޕިޓަލްގެ އަމާޒަކީ ސިއްޙީ ދާއިރާއިން ރާއްޖޭގައި ވީހާވެސް ގިނަ ފެންވަރު ރަނގަޅު ހިދުމަތްތައް ފޯރުކޮށްދިމުގައި ދެމިތިބުން ކަމަށެވެ.