ށ. ފޭދޫގައި ހާއްސަ އެހީއަށް ބޭނުންވާ 45 އަހަރުގެ އަންހެނެއްގެ މޫނުގައި ގޯންޏެއް އަޅައި މަގުބައްތިއެއްގައި އެއްސި މައްސަލަ ފުލުހަށް ހުށަޙަަޅައިފި އެވެ.

ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ށ.ފޭދޫގައި އަންހެނަކަށް ރަހުމުކުޑަ އަނިޔާތަކެއް ދިން މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި މިހާރު ވަނީ ފުލުހަށް ހުށަހަޅާފައި ކަމަށެވެ.

"..ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަނިޔާކޮށް، އެ ކަމުގެ އަދަބު ނުލިބޭނެ ކަމަށް ޤަބޫލުކުރާ ވިސްނުން ނިމުމަކަށް ގެންނަން ޖެހޭ،" ޝިދާތާގެ ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.

ށ. ފޭދޫ ކައުންސިލްގެ ނާއިބު ރައީސް މުހައްމަދު ޝާމިރު ވިދާޅުވީ އެ އަންހެން މީހާ އެރަށުގެ މަގުބައްތިއެއްގެ ހޮޅިދަނޑީގައި އައްސާފައި ހުއްޓާ ފެނުނީ މިދިޔަ ހޯމަ ދުވަހު ދަންވަރު ކަަމަށެވެ.

އެކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ ފަރާތުން މިހާރު ވަނީ ށ، ފޭދޫއަށް ގޮސް އެ މީހާއާ ހަވާލުވެފަ އެވެ.