އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ސިޓީ ސްކެއާ ތަރައްގީ ކުރުމަށް އެ ސަރަހައްދުން ކެނޑިި ކޮންމެ ރުކެއްގެ ބަދަލުގައި އިތުރު ދެ ރުށް އިންދަން ނިންމާފައިވާ ކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ސިޓީ ސްކެއާ އިން ނެގި 26 ރުކުގެ ބަދަލުގައި 52 ރުށް އިންދުމުގެ ޕްރޮގްރާމެއް މިއަދު ފަށާފައިވާ ކަމަށެވެ.

އެ ސަރަހައްދުގައި ހުރި ގިނަ ރުއްތަކެއް ކަނޑާލުމުން، ސޯޝަލް މީޑިއާގައި މީހުން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

ހިތަދޫ ޕޮލިސް ސްޓޭޝަން ކައިރީގައި އޮންނަ އެ ސަރަހައްދުގައި ބޮޑު ދިދައެއް ޖަހައި ސިޓީ ސްކެއާގެ ނަމުގައި އެތަން ތަރައްގީކޮށް އެންމެ ފުރަތަމަ ހުޅުވީ 2011 ވަނަ އަހަރު އެވެ.

އައްޑޫ ސިޓީގައި ގައި ބޭއްވި 17 ވަނަ ސާކް ސަމިޓާ ދިމާކޮށް އެތަން ހުޅުއްވައި ދެއްވީ އޭރުގެ ރައީސް މުހައްމަދު ނަޝީދު އެވެ.