22 Oct 2011, 10:37
އަންނަ ނޮވެމްބަރު މަހު އައްޑޫ ސިޓީ އަދި ފުވައްމުލަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ 17 ވަނަ ސާކް ސަމިޓް ބޭއްވުމަށް ޓަކައި ބިނާކުރަމުންދާ ދަރުބާރުގޭގެ ވަށައިގެންވާ ސަރަޙައްދުގައި ސިފައިން ކުރަމުންދާ ލޭންޑްސްކޭޕް މަސައްކަތްތައް ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެމްއެންޑީއެފް ކޯ އޮފް އިންޖިނިއާސް އިން ބުނެފި އެވެ.
ކޯ އޮފް އިންޖިނިއާސްއާ ހަވާލާދީ އެމްއެންޑީއެފުން މިއަދު ބުނެފައިވާ ގޮތުގައި ދަރުބާރުގޭގެ ލޭންޑް ސްކޭޕިންގެ 99 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ.
އެމްއެންޑީއެފުން ބުނީ ނިމިގެން ދިޔަ ރޯދަ މަހުގެ ތެރޭގައި ކޯ އޮފް އިންޖިނިއާސްގެ ސިފައިން މަސައްކަތް ކުރުމަށް ޓަކައި އައްޑޫ ސިޓީއަށް ދިޔަ އިރު، އެ ސަރަޙައްދަކީ ވަރަށް ބޯކޮށް ގަސްހެދި ޖަންގައްޔެއްގެ ގޮތަށް އޮތް ސަރަޙައްދެއް ނަވެސް މިހާރު އެ ސަރަޙައްދަށް ވަޑައިގަންނަވާ ބޭފުޅުންނަށް ފެންނަމުންދާ ރީތި މަންޒަރަކީ، ލިބުނު ހިޔާލެއް ހަގީގަތެއް ހެދުމަށް ޓަކައި ސިފައިން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
އެ މަސައްކަތް ކުރުމުގައި އައްޑޫ ސިޓީގެ އެންމެހާ ރައްޔިތުންނާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ އިތުރުން، ސަދަން ޔުޓިލިޓީސްގެ ފަރާތުން ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.