މޯލްޑިވް ގޭހުގެ ބެކްއަޕް ގޭސް ސިލިންޑަރު ގަނެގެން ހިލޭ ލުއި ފުޅި ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެ ކުންފުނިން ބުނީ ރަމަޟާން މަހަށް ހާއްސަކޮށްގެން ފެށި މި ޕްރޮމޯޝަނަކީ، ކުއްލިއަކަށް ގޭސް ހުސްވެގެން ކަސްޓަމަރުންނަށް ދިމާވާ ދަތިތަކަށް ފަސޭހަ ހައްލެއް ހޯދައިދިނުމަށް ފެށި ޕްރޮމޯޝަނެއް ކަމަށެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ މިއަދުން ފެށިގެން އަންނަ މަހުގެ ފަހެއްގެ ނިޔަލަށެވެ. ޕްރޮމޯޝަނުގެ ދަށުން މޯލްޑިވް ގޭހުގެ ދެ ކިލޯގެ ބެކްއަޕް ސިލިންޑަރު ގަންނަ ކަސްޓަމަރުންގެ މެދުގައި ކޮންމެ ހަފުތާ އަކު ނަގާ ގުރުއަތުން ހޮވޭ ކަސްޓަމަރުންނަށް ކޮންމެ ހަފުތާއަކު ހިލޭ 10، ކިލޯގެ ގޭސް ފުޅިއެއްގެ އިތުރުން ލުއި ފުޅި އެއް ލިބޭނެ އެވެ.

ލުއި ފުޅިއަކީ ހިފައިގެންގުޅެން ލުއި އަދި ބޭނުންކުރުމަށް ސަލާމަތީ ގޮތުން އެންމެ ރަނގަޅު ގޭސްފުޅި އެވެ. ލުއި ފުޅި ގޭހަކީ އޭގެ ސަލާމަތީ އެތައް ޓެސްޓެއް ހެދިފައިވާ ކިތަންމެ ހޫނު ވިޔަސް ގޮވައިގެން ނުދާ އަދި ބޭރުގައި ދަބަރު ވެސް ނުޖަހާނެ ފަދަ ގޮތަކަށް ތާއްޔާރު ކުރެވިފައިވާ ފުޅިއެކެވެ.

ހިލޭ ގޭސް ލިބޭ ޕްރޮމޯޝަނެއް ފަށާފައިވާ އިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި މޯލްޑިވް ގޭހަށް ވަނީ 17 މިލިއަން ރުފިޔާގެ ފައިދާ ލިބިފަ އެވެ.