ސަޢުދީ ޢަރަބިއްޔާގެ ވަލީ ޢަހްދު އަމީރު ސުލްޠާން ބިން ޢަބްދުލް ޢަޒީޒު އަވަހާރަވެއްޖެ ކަމަށް އެ ޤައުމުގެ ޓީވީން ބުނެފިއެވެ.

އަމީރު ސުލްޠާން ބިން ޢަބްދުލް ޢަޒީޒަކީ މިހާރުގެ ރަސްގެފާނު ޢަބްދުﷲ ގެ ފަހުން ސަޢުދީ ޢަރަބިއްޔާގެ ރަސްކަމަށް ވަޑައިގަންނަވަން ހުންނެވި ބޭފުޅާއެވެ. އަދި އެއީ އެ ޤައުމުގެ ޑިފެންސް އަދި އޭވިއޭޝަން މިނިސްޓަރު ވެސްމެއެވެ.

އަމީރު ސުލްޠާނުގެ ޢުމުރުފުޅުން އަށްޑިހަ އަހަރު ވެފައިވާއިރު، އެ މަނިކުފާނު ވަނީ ކެންސަރު ބަލީގެ އާލާސްކަންފުޅުގައި ވެސް އަހަރުތަކެއް ހޭދަ ކުރައްވާފައެވެ. އެ މަނިކުފާނު އަވަހާރަވީ ނިއުޔޯކުގެ ހަސްފަތާލެއްގައި ކަމަށް ބީބީސީން ބުނެއެވެ.

އަމީރު ސުލްޠާން އެމެރިކާއަށް ވަޑައިގަތީ މެޑިކަލް ޓެސްޓުތަކެއް ހެއްދެވުމަށް ކަމަށާއި، މިދިޔަ ޖުލައި މަހު ވެސް އެމެރިކާގައި އެ މަނިކުފާނުގެ އޮޕަރޭޝަނެއް ކުރެވިފައިވާ ކަމަށް ބީބީސީން ކަބަރު ދެއެވެ.

އަމީރު ސުލްޠާނަކީ ރަސްގެފާނު ޢަބްދުﷲއާ އެއްބައްޕަ ވަކިބަނޑު ބޭފުޅެކެވެ.