14 May 2019, 11:45
ދިވެހި ފިލްމުތަކުގައި ހެއްވާ މަޖާ ރޯލުތައް އަދާކުރި މއ. ސީރިޔަޒްގެ ހާރޫން އަހްމަދު (ޖޮނީ) އިއްޔެ ނިޔާވެއްޖެ އެވެ.
ހާރޫން،72، ނިޔާވުމުން އޭނާގެ ކަށުނަމާދު ރޭ ފަތިސް ނަމާދަށް ފަހު ވަނީ ކޮށްފަ އެވެ.
ހާރޫން އަކީ ދިވެހި ފިލްމު އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ބަތަލެކެވެ. ގިނަ ފިލްމުތަކުގައި އޭނާ ފެނިގެންގޮސްފައި ވަނީ ކޮމެޑީ ރޯލުތަކުންނެވެ. އާންމުގެ ތެރޭގައި އޭނާ ބޮޑަށް މަޝްހޫރުވެފައި ވަނީ ޔޫސުފް ރަފީއު (ޔޫސޭ)ގެ ފިލްމުތަކުންނެވެ.
ޖޮނީއަކީ އާންމުން ހާރޫންއަށް ދިން ނަމެކެވެ.