މަޖާވާހަކަ ދެއްކުމަކީ ވެސް ވަރަށް ތަފާތު ހުނަރެކެވެ. އެފަދަ ހުނަރުވެރިން ހިމެނިގެންދަނީ އެކުވެރިންނާއި އާއިލާގައި ވެސް ލޮނުހެޔޮވަރުކޮށް އުފާވެރިކުރުވާ ބައެއްކަމުގަ އެވެ.

އެކަމަކު އެމީހުން ދެކެ ރުޅިއަންނަ ބަޔަކު ވެސް އުޅެ އެވެ. ލަފާކުރެވެނީ އެހެން އެވާގޮތަކީ އެފަދަ މީހުންނާއި ރުހި ގަބޫލުވާ މީހުން ގިނަކަމާއި ކުރާ ގަދަރާއި އިހުތިރާމު ފެންނާތީ ހަސަދަވެރިވެވުމެވެ. ނަތީޖާއެއްގެ ގޮތުން މިބުނި ފަދަ މަޖާމީހުން ދައްކާ ވާހަކަތާކުން ތާކު ނުޖެހޭކަން ސާބިތުކޮށް ދެވޭތޯ ވަރަށް ގިނަ ފަހަރު މަސައްކަތްތައް ކުރެވޭ ތަން ފެންނާ އެވެ.

ސާއިމާމެން ދަތުރު ދިޔައީ ހަވީރު ރަށަށް އަންނަ ގޮތަށެވެ. އެކަމަކު ފުރަން ދޯންޏަށް އަރައި އިސްޓާޓުކޮށްލުމާ އެކު ގަދައަޑެއްކިއާފައި ސާފުޓު (ބުރަފަތި ދަގަނޑު) ބިނދުނީ އެވެ. ދެން ހަދާނެ ގޮތަކާ މެދު އެ ބައިވެރިން މަޝްވަރާކުރުމުން ހަމަ ޖެހުނީ ނުވަތަ އެއްބަސް ވެވުނީ މާދަމާ ރަށުން އޭގެ ދަގަނޑެއް ގެނެސް އަޅުވައިގެން ދާން އެރޭ އެ ރަށުގައި މަޑުކުރާށެވެ. ފަޅުރަށެއްކަމުގައި ވާތީ ރަށްބަލަހައްޓާ އާއި ބައްދަލުކޮށް އެރޭ އެއްބަޔަކު އެރަށުގައި ހުންނަ ގޭގައި ތިބޭގޮތަށް ރޭވީ އެވެ.

ދަތުރުގެނައި ކާއެއްޗެތިން ރޭގަނޑުގެ ވެސް ކެއުން ހަމަޖައްސާލެވުނެވެ. އެއަށް ފަހު އެންމެން ނުކުތީ ހޮޅުއަށްޓަށެވެ. އެމީހުންނާއިއެކު އައި ފިރާގަކީ މިކަހަލަ ހުސްވަގުތު ފުރާލަން ވަނައެކޭ ބުނެވޭނެ އެވެ. އެހެން އިނދެފައި އެންމެ ފުރަތަމަ އޭނާ ނޯށްދެމީ އެވެ. ދެންބުންޏެވެ. އަޅެ ސާއިމާމެން އެކަކަށް ވެސް އެއްވެސްތާކު ވަހެއް އެބަދުވާކަން އެނގޭހެއްޔެވެ.؟

ސާއިމާއަކީ ވެސް މަޖާކޮށް އެއްޗެހި ބުނެލާ އަންހެނެކެވެ. އޭނާބުނެލި އެވެ. ތިޔަވާނީ ފިރާގު ނޭފަތުން ދުވާވަހެއް ކަމަށެވެ. އެހެންނާދެން މިއޮއްކަޅު އަނދިރި ރޭ މިކަހަލަތާކުން ދުވަންވީ ކޮންވަހެއް ހެއްޔެވެ. ފިރާގު ބުނެލި އެވެ. މަށަށް ކިހިނެއް އެނގެނީ ކަލޭމެނަށް ވަހެއްނުދުވާކަމެއް މަށަކަށް ނޭނގޭތީ އެހީ. މިފަހަރު ސާއިމާގާތަށް އައީހިންޏެއް ނޫނެވެ. އޭނާ ހިތްހަމަ ނުޖެހުނީ އެވެ. ދެން ސުވާލު ކުރި އެވެ. "ފިރާގަށް އެނގޭތަ މިރޭގަނޑު ކަން. އަދިއިރެއް ނާރާކަން؟"

ފިރާގު ހީވެސްނުލައި ޖަވާބުދިނެވެ.

"ކިހިނެއް އެނގެނީ އިރުނާރާކަމެއް ވެސް. އެކަން ވެސް އެނގުނީހީ މިހާއަނދިރިނޫން ނަމަ އެއްނު؟