14 May 2019, 08:24
ސުއާދާ'ސް ކިޗަން އިން މިއަދު އުރީދޫ ބަދިގޭގައި ތައްޔާރުކޮށްލަދެނީ އިންޑިއަން ސްޓައިލް ޗިކަން ޑްރަމްސްޓިކްސް އެވެ. ރޯދަ ވީއްލާ ވަގުތަށް ސައިޑް ޑިޝްއެއްގެ ގޮތުގައި ފަސޭހައިން ތައްޔާރުކޮށްލެވޭނެ ޑިޝްއަކަށް މި ކުކުޅުފައިތައް ވާނެއެވެ. މި ރެސިޕީއަކީ ފަސޭހައިން ތައްޔާރުކޮށްލެވޭނެ ރަހަމީރު ރެސިޕީއެކެވެ.
ބޭނުންވާ ތަކެތި
- 8 ކުކުޅު ފައި (ހަމާއި އެކު)
މެރިނޭޓްކުރުމަށް
142 އެމްއެލް ނެޗުރަލް ޔޯގަޓް
- 1 މޭޒުމަތީ ސަމްސާ ދިރި
- 2 މޭޒުމަތީ ސަމްސާ ރީދޫ
- 1 މޭޒުމަތީ ސަމްސާ ގްރައުންޑް ކޮރިއަންޑާ
- ލޮނު
ތައްޔާރުކުރާނެ ގޮތް
ކުކުޅު ފައިތަކުގައި ލިޔަ އަޅާލުމަށްފަހު މެރިނޭޓްކުރުމަށް ބޭނުންވާ ހުރިހާ އެއްޗެއް އެއްކޮށް މިކްސް ކޮށްލުމަށްފަހު ކުކުޅު ފައިތަކުގައި ހާކާލާށެވެ. އެއަށްފަހު ކުކުޅުފައިތައް ފްރިޖްގައި 30 މިނިޓު ނުވަތަ އެއްރޭ ވަންދެން ބަހައްޓާށެވެ.
މެރިނޭޓްކުރުމަށްފަހު ކުކުޅުފައިތައް ނަގައި 20-25 މިނިޓްވަންދެން އުނދުން މަތީގައި ނުވަތަ ގްރިލް އެއްގައި ބާބަކިއު ކޮށްލާށެވެ. ރަނގަޅަށް ކުކުޅު ރޯފިލަންދެން ބާބަކިއު ކުރުމަށްފަހު އަވަން ޕްރީހީޓްކޮށް 30 މިނިޓްވަންދެން 200 ޑިގްރީސް ނުވަތަ 180 ޑިގްރީގައި ފިހެލާށެވެ.