އިއްޔެ ހަވީރު ބޮޑުތަކުރުފާނު މަގު ދަރުބާރުގެ ކައިރީގައި، ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި 22 އަހަރުގެ ޒުވާނާގެ ހާލު މިހާރު ރަނގަޅުކަމަށް އައިޖީއެމްއެޗު އިން ބުނެފި އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އޭނާގެ ހާލު މިހާރު ހަމައަކަށް އެޅިފައިވާ ކަމަށާއި އޭނާގެ ނޭފަތުގައި ރެނދެއް ލައިފައިވާތީ ސާޖިކަލް ވޯޑްގައި މިހާރު އިތުރަށް ފަރުވާ ދެމުންދާ ކަމަށެވެ.

އެ އެކްސިޑެންޓް ހިނގާފައި ވަނީ ރޯދަ މަހު އާންމުކޮށް މީހުން ފިނި ބުރަށް ނުކުމެ އުޅޭ ވަގުތު، އިއްޔެ ހަވީރު 4:31 އެހާކަން ހާއިރު އެވެ.

އެ އެކްސިޑެންޓް ހިނގާފައި ވަނީ 22 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނެއް ދުއްވި ދެ ސައިކަލެއް ޖެހިގެންނެވެ.

އޭގެ ތެރެއިން 22 އަހަރުގެ ޒުވާނާގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ އިރު އޭނާގެ ފަހަތުގައި އިން އަށް އަހަރުގެ ފިރިހެން ކުއްޖާ އަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

ސައިކަލް ދުއްވަން އިން ދެ މީހުންގެ އަތުގައި ވެސް ލައިސެންސް އޮތް ކަމަށް ފުލުހުން ބުންޏެވެ.