ނޮކިއާ ބައްތި ފޯނަކުން ފޮޓޯއެއް ނުހެދޭނެ ދޯ އެވެ.

ކަންފަތަށް އަޑުއިވުނަކަސް އެއީ ކޯންޗެއްކަން ދެނެގަނެވޭނީ އެ ބަހުރުވައެއް ނުވަތަ އެ އަޑުތަކެއް ދެނެގަނެ ތަރުޖަމާ ކުރެވޭ ފެންވަރު އެމީހެއްގައި ހުރެގެން ކަމާމެދަކު ޝައްކެއް ނެތެވެ.

ބިޑިކާސިމު އާދައިގެމަތިން އެދުވަހު ވެސް މަރިޔަނބާ ދެބަސްވެ ދެމީހުނަށް ވެސް ރުޅި ބުނެހެދި އެވެ. އެއަށް ފަހު މޫދަށްގޮސްފައި އައި އިރު ވެސް މުޅިން ދެމަފިރިން ހަމައެއް ނުޖެހެ އެވެ. ލަސް ވާތީ "އެފަރާތު ރޯނުގައި ހުރި މަގޭމުންޑު ގެންނާށޭ" ގޮވާލުން ފިއަވައި ދެމީހުން ކުރެ މީހަކު އަނގައިން ބަހެއްނުބުނެ އެވެ. އެއިރު އެއަވަށު މިސްކިތުން މެންދުރަށް ގޮވައިފި އެވެ. ކާސިމު އަވަސް އަވަސް ކޮށްލައިގެން ހުކުރަށް ދިޔަ އެވެ.

މަރިޔަނބު އެގޭ ބޭރުގައި ހުންނަ ޖޯލިފަތީގައި ކާސިމު ދިޔަތަން ބަލަން އިން އިރު ހިތަށް އެރި އެވެ. މަގޭމި ފިރިޔަކީ ހާދަރަނގަޅު ވެސް މީހެކެވެ. ބައްޔެއް ވިޔަސް ހީވާނީ އެހެންފަދަކަމެއް ހެނެވެ. އެހާހެޔޮކޮށް ހިތަ އެވެ. ބޭނުން ޖެހޭ ހުރިހައިކަމެއް ހެން އެ ކޮށްދެނީ ކޮށްދޭ ހިތުންނެވެ. ދެރަކަމަކީ އެ އަންނަ ސިނގުރުޅި އެކަންޏެވެ. އެހިޔާލުގައި އިންދެ މަރިޔަނބު ދުއާކުރި އެވެ.

"އަޅަމެންނަށް މައްސަލަނުޖެހި އެކުގައި އުޅެވުން މިންވަރު ކުރައްވާންދޭވެ. އާމީން"

ހުކުރުން ފައިބައިގެން ކާސިމު އަންނަންވާ އިރަށް ކާން ތައްޔާރު ކުރަން މަރިޔަނބު ހުރީ ބަދިގޭގަ އެވެ. ކުއްލިއަކަށް ކާސިމު އައިސް ބަދިގެއަށް ވަނުމާ އެކު މަރިޔަނބުނަގާ އޭނާގެ ކޮނޑަށްލައިގެން ހިނގައިގަތީ އެވެ. އަނެއްކާ މިއަދު ކޮންފަދަ ލޯތްބެއް ތިޔަވެގަތީ؟ މަރިޔަނބު އުފާވެލާފައި ސުވާލު ކުރި އެވެ. ޚުތުބާގައި ކޮންފަދަ ވާހަކައެއް އިމާމު ކީ؟

"ޚުތުބާގައި ކިޔަިދިނީ ސީދާ ސުވަރުގެއަށް ދެވޭނެ ގޮތް. ތިމާއަށްވާ އެއްމެހައި ބުރަ އާއި ދަތި އުނދަގޫ ޝަކުވާއެއް ނެތި އުފަލުން އުފުލާ މީހާ އަށް ސީދާ ސުވަރުގެ ދެވޭނޭ ކީ."