ޅ. ހިންނަވަރު ފެހިކުރުމަށް އެއް މިލިޔަން ރުފިޔާގެ މަޝްރޫއެއް މިއަދު ފަށައިފިއެވެ.

އިޖުތިމާއީ ޒިންމާ އަދާކުރުމުގެ ގޮތުން ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން އުފައްދާފައިވާ "ފްލައިން ގްރީން ފަންޑް" އިފުތިތާހު ކުރުމުގެ ގޮތުން ހިންނަވަރުގައި މިއަދު ފެށި، ފެހި، މަޝްރޫއު ކުރިއަށް ގެންދާނީ އެމް އެންޑީއެފް ނޮދަން އޭރިއާގެ ސިފައިންނާއި ހިންނަވަރު ރަށު ކައުންސިލް ގުޅިގެންނެވެ.

ޓީއެމްއޭގެ މެނޭޖިން ޑައިރެކްޓާ އެޑްވާޑް އަލްފޯޑް ވިދާޅުވީ އެ ކުންފުނީގެ "ފްލައިން ގްރީން ފަންޑު" ކުންފުނީގެ ސްޓައިލްގައި ހިމޭން ކަމާއެކު މިއަހަރުގެ އޭޕްރިލް މަހު ފަށާފައިވާ ކަމަށާއި ފަންޑް އުފައްދާފައި ވަނީ ޓީއެމް އޭގެ ބޯޑުން ނިންމައިގެން ކަމަށެވެ.

އޭނާ ވިދާޅުވީ ރަށްތައް ފެހިވާ ވަރަކަށް މީހުންގެ ސިއްހަތު ރަނގަޅުވާނެ ކަމަށް އެކުންފުނި ގަބޫލު ކުރާ ކަމަށާއި ހިންނަވަރު ފެހިކުރުމަށް އެއް މިލިޔަން ރުފިޔާގެ އެހީއެއް ދިނީ ޓީއެމްއޭގެ ގްރީން ފަންޑު ރަނގަޅު ގޮތަކަށް ފަށައިގަތުމަށް ކަމަށެވެ.

އެޑްވާޑް ވިދާޅުވީ ޓީއެމްއޭއިން ދަތުރުކު ކޮންމެ ރިޓާން ޕެސެންޖަރަކަށް އެއް ޑޮލަރުގެ ރޭޓުން ފްލައިން ގްރީން ފަންޑަށް ފައިސާ ޖަމާކުރާނެ ކަމަށާއި ފްލައިން ގްރީން ފަންޑްގެ ރިސްޓް ބޭންޑް (އަތުކުރީގައި އަޅާ ރަބަރު އުޅާ) ވިއްކައިގެން ލިބޭ ހުރިހާ ފައިސާ އެއް ވެސް ޖަމާވާނީ އެ ފަންޑަށް ކަމަށެވެ. އޭގެ ބޭންޑެއް ވިއްކަން ޓީއެމްއޭ އިން ހަމަޖައްސާފައި ވަނީ ފަސް ޑޮލަރަށެވެ.

http://sun.mv/albums/l_2107.jpg

ހިންނަވަރުގެ ފެހި ޕްރްގްރާމް މިއަދު އެރަށުގައި ފައްޓަވައި ދެއްވުމަށް ބަނބުކެޔޮ ގަހެއް އިންދަވައި ދެއްވެވީ އެގްރިކަލްޗަރު މިނިސްޓަރު ޑރ. އިބުރާހީމް ދީދީއެވެ. ހިންނަވަރުގައި އަލަށް ހިއްކާފައިވާ ސަރަހައްދުގައި މިނިސްޓރު ވިދާޅުވީ ރިސޯޓްތައް ހިންގާ ފަރާތްތަކުން އިޖުތިމާއީ ޒިންމާ އުފުލުމަށް އެފަރާތްތަކުގެ އެއްބަސްވުމުގައި އޮންނަ ކަމަށެވެ. އެ ޒިންމާ ރަނގަޅަށް އުފުލުމަށް ވެސް މިނިސްޓަރު ގޮވައިލެއްވެވި އެވެ.

ހިންނަވަރުގައި މިއަދު ފެށި ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މިއަދު އިންދާފައި ވަނީ މުޅިން ވެސް ބަނބުކެޔޮ ގަހެވެ. ބަނބުކެޔޮ ގަހަކީ ރާއްޖޭގެ ރަށްރަށުގައި މިހާރު މަދުވަމުންދާ ބާވަތެކެވެ.