12 May 2019, 12:33
ފަންނިއްޔާތު ދާނީ ވެސްކުރި އަރަމުންނެވެ. އުނބުށޭމު އޭނާގެ މުއްސަނދިކަމުގައި ދުނިޔޭގެ ހުރިހައި އުފާތަކެއް ހޯދަމުން ދިޔަކަމުގައި ވިޔަސް އޭނާގެ ސިކުނޑީގައި ހުންނަ ނުތަނަވަސްކަމެއް އަބަދާއި އަބަދުހެން އުނދަގޫދެ އެވެ. ވަނީވަކި މިވެނި ގޮތެކޭ ކަނޑައަޅައި ބުނަން ނޭނގުމާ އެކު ވެސް އެތައްއެތައް ޑަކުޓަރުންނަކަށް ދައްކައިފި އެވެ. އޮޅުދޫ ކަރައިން އުތުރުކަރައިން ޖާވާކަރައަށް ވެސް ގޮސް އެކިކަހަލަ އެކިފަންނުގެ ބޭސްވެރިންގެ ފަރުވާ ލިބިގެންފި އެވެ. އެކަމަކު ނަތީޖާއެއް ނުނިކުތެވެ.
ވުމާއެކު އުނބުށޭމު ދެން ދިއައީ ޖަރުމަނަށެވެ. އެގައުމުގެ ބޮން އޭ ކިޔާރަށުގައި ހުންނަ މަޝްހޫރު ބޭސްވެރިއެއް ގާތަށެވެ. އޭނާއަކީ ފަސޭހަނުވެފައި ހުންނަ ބަލިތަކަށް ބޭސްކުރުމުގައި ދުނިޔޭގެ ވަނައެއް ކަމުގައިބެލެވޭ ތަޖުރިބާކާރު ހުޝިޔާރު އެހާމެމޮޅު މީހެކެވެ.
އުނބުށޭމާއި އެކުގައި ދިޔައީ އޭނާގެ ކޮއްކޮ ކަޅުތަކުރެވެ. އެތަކުރަކީ އުނބުށޭމެގެ ވިޔަފާރީގައި ވެސް ބައިވެރިވާ އެކެކެވެ. ބޭސްވެރިއާގެ ކުލިނިކަށް މި ދެ މީހުން ދިއުމުން ވަނަވަރުއަހައި ސުވާލު ޖަވާބުގެ ވަގުތުތަކަކަށް ފަހު އެމީހާ އުނބުށޭމު ގާތު ވަކިން ސުވާލު ކުރި އެވެ.
ކަލޭ ފޫހިވާ ކަލޭރުޅި އަންނަ މީޙަކު ކަލޭގެ ވެށިގައި އުޅޭތަ؟ އުނބުށޭމު ދާދިފަސޭހައިން އުނހު ނޫޅެ! އޭ ބުނެލި އެވެ. ބޭސްވެރިޔާ އިރުކޮޅަކު ވިސްނާލަން އިންދެފައި "އެކަމަކު އެބަ އުޅޭ ވައިރަސް." ބުނެލި އެވެ. އުނބުށޭމެ ގާތަށް ހިނި އަ އެވެ. އަދި ވައިރަސް އުޅެން މަށަކީ ކޮންޕިއުޓަރެއްތޯ އަހާލި އެވެ.
ބޭސް ވެރިޔާ ވެސް ހީލި އެވެ. އެއަށް ފަހު ކަޅުތަކުރާ އުނބުށޭމު އޭނާގެ ކޮޓަރިއަށް ވެއްދީ އެވެ. ދެން އޭނާ އެކުރަންއުޅޭ ކަންތަކުގެ ކުރު ތަފްސީލެއްދީފައި އެތާހުރި މެސެނުގެ ވައުގަނޑު ދަމާނެރެއޭގެ ކޮޅުގައި އޮތް ތަތްކުރާފާޑުގެ ވައިގުޅި އުނބުށޭމުގެ މެންކަފާޅައިގައި ޖެހީ އެވެ.
ނިމިއްޖެ ކަމުގެ ސިގުނަލާ އެކު އަމިއްލައަށް އެކޮޅު ނެއްޓުނެވެ. އުނބުށޭމު ގާތު އޭނާ ދެންބުނީ ލޯމަރާލައިގެން އޮތުމަށެވެ. އެއާއިއެކު ކަޅުތަކުރު ގާތުގައި ހަމައެކީއެކަށް ފުހެލައި (ފޯމެޓުކޮށް) ނިމުނީއޭ ބުންޏެވެ. އުނބުށޭމަށް ގޮވާލާފައި ކޮބާ ވެދިޔަތާނގެ ހަނދާން ކޮށްލަބަލާށޭ ބުނީމާ އިރުކޮޅަކު ދެބުމަ ގޮށްޖަހާފައި ދަތްކުނޑިވިކައިފައި އުނބުށޭމެ ބުންޏެވެ. އަންހެނުންނަށް ކިޔާނަން ނޫން އެހެން އެއްޗެއް ހަނދާނެއް ނުވެ އެވެ.
ބޭސްވެރިޔާ: "މުޅިން ފޯމެޓުކޮށްލީމާ ވެސް ވައިރަސް ފުހެނުލެވުނީތާ! އެކަމަކު ކަލެއަށް ޖެހޭނީ ތިޔަ ނުރައްކާވައިރަސް އެކީފިލުވަން."