11 May 2019, 12:07
ގދ. އަތޮޅުގެ ފަޅުރަށެއްގައި ވަޅުލާފައި ހުރި 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި އެކަކުގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްދީ އެވެ.
ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގެ ތެރެއިން އެ މައްސަލައިގައި މީގެ ކުރިން ފަސް މީހަކު ހައްޔަރު ކުރި އިރު، ހަތަރު މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ގައްދޫ ކޯޓުން އުމުރުކޮށްފައިވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ނިންމި މީހާގެ ބަންދުގެ މުއްދަތު ހަމަވާތީ އޭނާ ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ކޯޓުން އިތުރު ހަތް ދުވަސް ޖަހައިދީފައިވާ ކަމަށެވެ. އެ މުއްދަތު ޖަހައިދިނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ރާއްޖެއިން ބޭރުން ކަނޑުމަގުން ރާއްޖެއަށް ޓްރެފިކް ކޮށްފައި ހުރިކަމަށް ބެލެވޭ އެ ޑްރަގްތަކުގެ މަގުމަތީ އަގު 260 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.