11 May 2019, 11:30
ރިއަލިޓީ ޓީވީތަރި ކިމް ކާޑޭޝަން އަށާއި އޭނާގެ ފިރިމީހާ ކެންޔޭ ވެސްޓަށް ހަތަރު ވަނަ ދަރިއަކު ލިބިއްޖެ އެވެ.
ސަރަގޭޓް މަންމައެއް މެދުވެރިކޮށް ކިމް އަށް މިފަހަރު ލިބުނީ ފިރިހެން ކުއްޖެކެވެ. ކިމް އާއި ކެންޔޭއަށް ދަރިއަކު ލިބުނުކަން އެމީހުން ވަނީ ސޯޝަލް މީޑިއާގައި އިއްޔެ ހިއްސާކޮށްފަ އެވެ.
ކިމް އިއްޔެ ކުރި ޓްވީޓެއްގައި ބުނީ ފިރިހެން ކުއްޖެއް ލިބިއްޖެކަމަށާއި ދަރިފުޅުގެ ސިއްހަތުވެސް ފުރިހަމަ ކަމަށެވެ. އަދި ދަރިފުޅު ވިހޭއިރު 2.9 ކިލޯ ހުރި ކަމަށެވެ.
ދަރިފުޅަށް ކިޔާނެ ނަމެއް އަދި ދަރިފުޅުގެ ފޮޓޯއެއްވެސް އަދި ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެއްނުވެއެވެ.
މިއީ ސަރޮގެސީ މެދުވެރިކޮށް ކިމް ހޯދި ދެވަނަ ދަރިފުޅެވެ. މިދިޔަ އަހަރު އޭނާ ވަނީ ސަރޮގެސީ މެދުވެރިކޮށް އަންހެން ކުއްޖެއް ހޯދާފައެވެ.
ސަރަގޭޓް މަންމަ އެއް މެދުވެރިކޮށް ދަރިއަކު ހޯދުމަށް ކިމްގެ ދެމަފިރިން ވިސްނީ އެ ދެމަފިރިން އިތުރަށް ދަރިން ބޭނުންވެފައި މާބަނޑު ދުވަސްވަރު ކިމްއަށް އުނދަގޫތައް ދިމާވެ، ފުރާނައަށް ނުރައްކާވެދާނެކަމަށް ޑޮކްޓަރުން ލަފާދީފައިވާތީއެވެ.
ކިމް އާ ކެންޔޭގެ ދެ ދޮށީ ދެދަރިން ކަމަށްވާ ހަތަރު އަހަރުގެ ނޯތު އަދި ދެ އަހަރުގެ ސެއިންޓް ވިހެއުމުގެ ތެރޭގައި އަދި މާބަނޑު ދުވަސްވަރުވެސް ކިމްއަށް ވަނީ ތަފާތު އުނދަގޫތައް ކުރިމަތިވެފައެވެ.