11 May 2019, 09:07
އުރީދޫ ބަދިގޭގައި މިއަދު މި ތައްޔާރު ކޮށްލަނީ ބްލޫބެރީ ޗީޒް މަފިން އެވެ. ތަފާތުވައްތަރުތަކުގެ ކޭކާއި ފޮނި އެއްޗެހި ތަޖުރިބާ ކޮށްލަން ބޭނުންވާ ފަރާތްތަކަށް މި ރެސިޕީ ވާނީ ޔަގީނުންވެސް ވަރަށް ކަމުދާނެ ރެސިޕީއަކަށެވެ. މި ރެސިޕީވެސް ތައްޔާރު ކޮށްދީފައިވަނީ ޝައުފާ ހުސެއިން (ޝައު) އެވެ.
ބޭނުންވާނޭ ތަކެތި
110 ގްރާމް ފްރޯޒަން ބްލޫބެރީސް
100 ގްރާމް އަންސޯލްޓެޑް ބަޓާރ
50 ގްރާމް ޕްލެއިން ޔޯގަޓު (ނޯ ޝުގަރ)
50 އެމްއެލް ހެވީ ކްރީމް
100 ގްރާމް ކްރީމް ޗީޒް
100 ގްރާމް ހަކުރު
2 ބިސް
220 ގްރާމް ކޭކް ފުށް
6 ގްރާމް ބޭކިން ޕައުޑާ
1 ސައިސަމްސާ ވެނީލާ އެސެންސް
ތައްޔާރުކުރާނެ ގޮތް
ކްރީމް ޗީޒް ކުދި ކިއުބްސްތަކަށް ކޮށާލުމަށްފަހު ފްރިޖް އަށް ލާށެވެ. އެއަށްފަހު ކްރީމްއާއި ޔޯގަޓް އެއްކޮށްލައި ރަނގަޅަށް މިކްސް ކޮށްލާށެވެ. ދެން ބަޓަރާއި ހަކުރު މިކްސް ކޮށްލާށެވެ. އެއަށްފަހު ބިސްތައް އެތިއެތިކޅުން ބަޓާރ މިކްސްގެ ތެރެއަށްލާ މިކްސް ކޮށްލާށެވެ. ވެނިލާއެސެންސްފޮދު އެޅުމަށްފަހު 2 ފަހަރު މަތިން ފުށްތައް އަޅައި ފޯލްޑް ކޮށްލާށެވެ. އަދި ޔޯގަޓް މިކްސްޗާ ވެސް އަޅާ ހަމައެގޮތަށް ފޯލްޑް ކޮށްލާށެވެ. ދެން ބާކީހުރި ފުށްކޮޅާއި ބޭކިން ޕައުޑާވެސް އަޅާލާށެވެ.
މަފިިން ބެޓާ ހަދާ ނިމުމުން މަފިން ޓްރޭ ތައްޔާރުކުރުމަށްފަހު ފުރަތަމަ މަފިން ބެޓާ އަޅާލާށެވެ. އެއަށްފަހު ޗީޒްއާއި ބްލޫބެރީ ކޮޅެއް އަޅާލުމަށްފަހު އަނެއްކާވެސް ދެވަނަ ބެޓާ ކޮޅު އަޅާލާށެވެ. އަދި ބްލޫބެރީ ކޮޅަކާއި ޗީޒްކޮޅެއް އަނެއްކާވެސް އަޅާލާށެވެ.
އަވަން ޕްރީހީޓް ކުރުމަށްފަހު 30 މިނިޓްވަންދެން 180 ޑިގްރީގައި ފިހެލާށެވެ.
--
ޓައިޓްލް ސްޕޮންސާ:އުރީދޫ މޯލްޑިވްސް
ލޮކޭޝަން ޕާޓްނަރ:ޓައިޑްސް ކެފޭ އެންޑް ބިސްޓްރޯ
ވީޑިއޯ އަދި އެޑިޓިންގް:ހުސައިން ޝަޔާހު ޝަފީގު، މުހައްމަދު ޝަފީއު، މުސްތަފާ މުހައްމަދު ރަޝީދު