10 May 2019, 22:57
އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގޮތްޕެއްގެ ވެރިއަކަށް އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އައްޔަންކޮށްފިއެވެ.
"ވޮއިސް އޮފް ވިސްޑޮމް ސެންޓާ" ގެ ވެރިޔާއަށް ޝަހީމް އައްޔަންކުރި އިރު އޭނާ އަކީ އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުވެސް މެއެވެ.
"ވޮއިސް އޮފް ވިސްޑޮމް ސެންޓާ" (ފިކުރީ ގޮފި)ގެ މީޑިއާ ހުރިހާ އެކައުންޓެއްގައި އެއް މިލިއަން އާ ގާތްކުރާ އަދަދެއްގެ ފޮލޯވަރުން ތިބެއެވެ.
އެ ޕޭޖްތަކުގައި ކޮންމެ ހުކުރު ދުވަހަކު ވެސް އެކި ގައުމުތަކުން މުސްލިމުންގެ މުހިއްމު ބިނާއެއްގެ މައުލޫމާތު ހިއްސާކުރެއެވެ.
މިއަދު އެ ޕޭޖުތަކުގައި އާންމުކޮށްފައިވަނީ އައް ސުލްތާން އިބުރާހީމް އިސްކަންދަރުގެ ވެރިކަމުގައި މީލާދީން 1658 ވަނަ އަހަރު ބިނާކުރި މާލޭ ހުކުރު މިސްކިތުގެ ފޮޓޯ އާއި މައުލޫމާތެވެ.
އެ މިސްކިތަކީ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައިވާ ހިމެނޭ ބިނާއެކެވެ.