ދިރާގުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ގާއިމު ކޮށްފައިވާ ކުޑަކުދިންނަށް ޚާއްޞަ އިންޑޯ ޕްލޭ އޭރިޔާ އާކޮށް އަލުން ހުޅުވައިފިއެވެ.

ކުޑަކުދިންގެ ދުވަހާއި ގުޅިގެން ޕްލޭ އޭރިއާ އާ ކޮށްފައިވާއިރު، އެތަން ވަނީ އިތުރަށް މަރާމާތުކޮށް، ކުޑަކުދިން ގަޔާވާނޭގޮތަށް ކަނޑުއަޑީގެ ހިތްގައިމު މަންޒަރު ދައްކުވައިދޭ ގޮތަށް ޒީނަތްތެރި ކޮށްފައެވެ.

ކުޑަކުދިންގެ ޕްލޭ އިކުއިޕްމަންޓާއި އެއްކޮށް ދިރާގުން އައިޖީއެމްއެޗް އަށް ހަދިޔާ ކޮށްފައިވާ ޕްލޭއޭރިޔާ އަކީ ހޮސްޕިޓަލަށް ޒިޔާރަތް ކުރާ ގިނަ އަދަދެއްދެ ކުދިން ބޭނުން ކުރާ ތަނެކެވެ.

އެ ޕްލޭ އޭރިޔާ ހުންނަނީ އައިޖީއެމްއެޗްގެ އޯޕީޑީއަށް ވަންނަ ގޭޓް ސަރަޙައްދުގައިއެވެ. ޕްލޭ އޭރިޔާގެ އެންމެ ބޮޑު އެއް މަޤްޞަދަކީ ހޮސްޕިޓަލަށް ޒިޔާރަތް ކުރާ ކުޑަކުދިން ގަޔާވާނެ އަދި އެކުދިންނަށް ހިތްހަމަ ޖެހުން ލިބޭނެ ފަދަ މަންޒިލެއް ހޮސްޕިޓަލުގައި ގާއިމު ވެފައި ހުރުމެވެ.

ދިރާގުން އައިޖީއެމްއެޗުގައި ހެދި ކުޑަކުދިންގެ އިންޑޯޕްލޭ އޭރިއާ. އެތަން އާކޮށް އަލުން ވަނީ ހުޅުވައިފައި--- ފޮޓޯ: ދިރާގު

ދިރާގުން ބުނީ ކުޑަކުދިންނަށް އެހީތެރިވުމަކީ ދިރާގުގެ އިޖްތިމާއީ ޒިންމާގެ ދަށުން ވަރަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދޭ ދާއިރާއެއް ކަމަށެވެ. އެގޮތުން ކޮންމެ އަހަރަކު ދިރާގުން ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ރޭސް، ދިރާގު މޯލްޑިވްސް ރޯޑް ރޭސް މެދުވެރިކޮށް ކުޑަކުދިންގެ ޙައްޤުގައި މަސައްކަތް ކުރާ ތަފާތު ޖަމިއްޔާތަކަށް ދިރާގުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އޭގެ އިތުރުން ކުޑަ ކުދިންގެ ޙައްޤުގައި މަސައްކަތްކުރާ ގިނަ އެންޖީއޯތަކަށް ތަފާތު ޕްރޮގްރާމްތައް މެދުވެރިކޮށް ދިރާގުން އެހީތެރިކަން ފޯރުކޮށްދެއެވެ.