ދުއްވާފައި ދިޔަ ފުލުސް ވެހިކަލަކުން ޖެހިން ފިހާރައެއްގެ ބިއްލޫރުގަނޑު ތަޅައިގެން ގޮސް އެ ސަރަހައްދުގައި ހުރި ބައެއް ސައިކަލްތަކަށާއި ޕާކް ކޮށްފައި އޮތް ކާރަކަށް ގެއްލުން ލިބިއްޖެ އެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މިރޭ ގާތްގަނޑަކަށް 1:30 އެހާކަންހާއިރު ހިނގި މި އެކްސިޑެންޓުގައި ލޮނު ޒިޔާރަތް މަގުން ދުއްވި ފުލުހުންގެ ޖީޕުން ޖެހި ތަޅައިގެން ގޮސްފައި ވަނީ އެ މަގުގައި ހުނަ "އެޕަލް މާޓް" ފިހާރައިގެ ބިއްލޫރިގަނޑެވެ. ބިއްލޫރިގަނޑު އެއްކޮށް ފުނޑުފުނޑުވުމުގެ އިތުރުން ފިހާރައިގެ ބައެއް ތަކެއްޗަށް ވެސް ވަނީ ގެއްލުން ވެފައެވެ.

http://sun.mv/albums/l_2097.jpg

މަންޒަރު ދުށް މީހުން ބުނި ގޮތުގައި އެ ސަރަހައްދުގައި ޕާކްކޮށްފައި ހުރި ސައިކަލްތަކުގައި ފުލުސް ވެހިކަލް ޖެހުނީ ދުއްވާފައި ދިޔަލެއް ބާރުކަމުން ކޮންޓްރޯލް ނުވެގެނެވެ. އަދި ބައެއް މީހުން ބުނީ ޖީޕް ގޮސް ސައިކަލްތަކުގައި ޖެހުމާއެކު ޒޯނުގައި ހުރި ސައިކަލްތަކުގެ ތެރެއިން އެއްސައިކަލް ވިއްސައިގެން ގޮސް ފިހާރައިގެ ބިއްލޫރި ގަނޑުގައި ޖެހި ތަޅައިގެން ދިޔައީ ކަމަށާއި އެއާއެކު ޖީޕް ކޮންޓްރޯލް ނުވެ ފަހަރަކު ސައިކަލެއްގައި ޖެހެމުން ދިޔައީ ކަމަށެވެ.

http://sun.mv/albums/l_2102.jpg

"އެ ސައިކަލް ވިއްސައިގެން ގޮސް ފިހާރައިގެ ބިއްލޫރިގަނޑުގައި ޖެހިފައި އެތެރެއަށް ވެދެފައި ހުރީ. އެހެން ސައިކަލްތައް ވެސްޓި ބައެއް ސައިކަލްތަކަށް ގެއްލުންވި. އަދި އެދިޔަ ގޮތަށް ގޮސް ޕާކް ކޮށްފައި އޮތް ކާރެއްގެ ފަހަތުކޮޅުގައި ޖެހި ވަރަށް ބޮޑަށް ވަނީ ހާލާކުވެފައި،" އެކަކު ބުންޏެވެ. އޭނާ އަދި ބުނީ ފުލުސް ޖީޕް ދުއްވާފައި ދިޔައީ ބަޔަކު ގޮވައިގެން ކަމަށެވެ.

އެކްސިޑެންޓަށް ފަހު ފުލުހުން ވަނީ ގެއްލުން ލިބުނު ހުރިހާ ސައިކަލްތައް ޕިކަޕަކަށް އަރުވައި ފޮނުވާލުމަށް ފަހު ތަހުގީގު ފަށައިފަ އެވެ. މި ހާދިސާ ހިނގުމުން އެސަރަހައްދަށް ގިނަ އަދަދެއްގެ މީހުން ވެސް އެއްވި އެވެ.