10 May 2019, 10:55
އިޝާ ނަމާދު ވަގުތާއި ތަރާވީސް ނަމާދު ވަގުތު ދެމެދުގައި ތ. ވިލުފުށީ ގެއަކުން ތިން ލައްކަ ރުފިޔާ ވަގަށް ނަގައިފި އެވެ.
ފުލުހުންނަށް މިހާދިސާގެ ރިޕޯޓު ލިބުނީ، ރޭ 8:40 އެހާކަށްހާއިރު އެވެ.
ފުލުހުން ބުނީ، ރޭ 7:30 އާއި 8:55 އާ ދެމެދުުގެ ވަގުތެއްގައި ވިލިފުށީ ގެއަކުން ތިން ލައްކަ ރުފިޔާ ވަގަށް ނަގައިފައިވާ ކަމަށް ގޭގެ ވެރިފަރާތުން މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
މި ވައްކަން ކޮށްފައިވަނީ އެ ގޭގައި ހުރި އަލަމާރި ހަލާކުކޮށްގެން ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މިއަހަރު މިހާތަނަށް ވައްކަމުގެ 1،403 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި މިމަހު މި ހާތަނަށް ހުށަހެޅި 110 މައްސަލައެއް ހިމެނެއެވެ.