10 May 2019, 10:49
ބޯކިބާއަކީ ތައްޔާރުކޮށްލަން ވަރަށް ފަސޭހަ އަދި އެހާމެ ރަހަމީރު އެއްޗެކެވެ. ނަން ހުސްކޮށް އެކި ބާވްތަކުގެ ބޯކިބާ ދިވެހިންގެ ތެރޭގައި ތައްޔާރުކުރެވޭއިރު މިއަދު އުރީދޫ ބަދިގޭގައި މި ތައްޔާރުކޮށްލަނީ "އަލަ ބޯކިބާ"އެވެ.
ބޭނުންވާ ތަކެތި
- 2 1/2 ޖޯޑު އަލަ (ގާނާފައި ނުވަތަ ފުނޑާފައި)
- 1 ގިތެޔޮ މިރުސް
- 2 ފިޔާ
- 1 ލުނބޯ
- 3 ހިކަނދިފަތް
- 1/2 ވަޅޯމަސް ކޮށާފައި
- 1 ސައި ސަމްސާ ރީނދޫ
- 1 ޖޯޑު ހުނި
- ލޮނުކޮޅެއް
ތައްޔާރުކުރާނެ ގޮތް
ފިޔާ، މިރުސް، ހިކަނދިފަތް ކުޑަ ލޮނުކޮޅަކާއި ލުނބޯހުތްކޮޅާއި އެކު މޮޑެލާށެވެ. އެއަށްފަހު މަސްކޮޅާއި ހުނިކޮޅާއި އަޅާ މަސްހުނިހެން މޮޑެލާށެވެ. އެއަށްފަހު އަލަކޮޅު އަޅާ މިކްސް ކޮށްލާށެވެ. އެއަށްފަހު އުނދުންމަތީގައި ނުވަތަ އަަވަންގައިވެސް ފިހެލާށެވެ.
--
ޓައިޓްލް ސްޕޮންސާ:އުރީދޫ މޯލްޑިވްސް
ލޮކޭޝަން ޕާޓްނަރ:ޓައިޑްސް ކެފޭ އެންޑް ބިސްޓްރޯ
ވީޑިއޯ އަދި އެޑިޓިންގް:ހުސައިން ޝަޔާހު ޝަފީގު، މުހައްމަދު ޝަފީއު، މުސްތަފާ މުހައްމަދު ރަޝީދު