ރާއްޖެ އަށް ބޭނުންވާ އިންވެސްޓްމަންޓްތައް ހޯދުމުގެ ގޮތުން ބޭއްވުމަށް ހަމަޖައްސައިފައިވާ ބައިނަލްއަގުވާމީ ޕާޓްނާޝިޕް ފޯރަމްއާ ގުޅޭ ގޮތުން، މައުލޫމާތު ޑިޕްލޮމެޓުންނާ ހިއްސާކޮށްފި އެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމުގައި އެ ފޯރަމްއާ ބެހޭ މައުލޫމާތު އެކި ގައުމުތަކުގެ އެމްބެސެޑަރުންނާއި، ޑިޕްލޮމެޓިކް މިޝަންތަކުގެ އިސް ބޭފުޅުންނާއި އަދި އެކި އެކި މަލްޓިރެޓަރަލް އޭޖެންސީތައް ޝާމިލްކުރައްވާ ބޭފުޅުންނަަށް ވަނީ މައުލޫމާތުތައް ހިއްސާކޮށްފަ އެވެ.

މިއަދު ބޭއްވި އެ ބައްދަލުވުމުގައި ރިޔާސަތު ބެލެހެއްޓެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑަރެއް ކަމަށްވާ އާސިމް އަހުމަދުއެވެ.

އެ ފޯރަމް ބާއްވާނީ އަންނަ މަހުގެ 17 އަދި 18 ވަނަ ދުވަހު އެވެ.

މިއީ ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި ރައީސް އޮފީހުގެ އިތުރުން ސަރުކާރުގެ އެހެން މިނިސްޓްރީތަކާ ގުޅިގެން ބާއްވާ ފޯރަމެކެވެ. އެ ފޯރަމްއެއް ބޭއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދެއް ވެސް މެ އެވެ.

މިއުވާން ވިދާޅުވީ އެ ފޯރަމްއަށް މިހާތަނަށް 105 ފަރާތަކަަށް ދައުވަތު އަރުވައިފައިވާ ކަމަށެވެ.

"އެ ފޯރަމްގައި ރާއްޖޭގެ ތަރައްގީއަށް އެންމެ ބޮޑަށް ބޭނުންވާ ކަންތައްތަކާ މެދު މަޝްވަރާ ކުރެވޭނެ. ބޯހިޔާވަހިކަމަށް ބޭނުންވާ އިންވެސްޓްމަންޓްތަކާ މެދު މަޝްވަރާކުރެވޭނެ. ހަމަ އެކަނި އެހީއެއް ނޫން ބޭނުންވަނީ ރާއްޖެއަށް. އިންވެސްޓްމަންޓްތައް ގެންނާނެ ގޮތްތަކާ ބެހޭ ގޮތުން މަޝަވަރާކުރެވޭނެ." މިއުވާން ވިދާޅުވި އެވެ.