09 May 2019, 09:27
އިނގިރޭސި ރާނީ އެލިޒަބެތު މާމަ ދަރިކަލުން ޕްރިންސް ހެރީ 34، އާއި އޭނާގެ އަނބިކަނބަލުން މޭގަން މާކަލް 37، ގެ ފުރަތަމަ ދަރިކަލުންނަށް ނަން ކިޔަފިއެވެ.
އާޗީ ހެރިސަން މައުންޓްބެޓަން ވިންޑްސޯގެ ނަމުން ދަރިކަލަށް ނަންދީފައިވާ ކަމަށް އިއްޔެ ވަނީ އިއުލާންކޮށްފައެވެ. ދަރިފުޅު އުފަންވިއިރު ދަރިފުޅު އުފަންވިއިރު ބަރުދަނުގައި 3.2 ކިލޯ ހުރިކަމަށް ޝާހީ އާއިލާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ޕްރިންސް ހެރީ އާއި މޭގަންގެ ފުރަތަމަ ދަރިކަލުގެ ނަމަކަށް އާޗީ---
އާޗީ އަކީ ޕްރިންސް ހެރީ އާއި މޭގަންގެ އަލަތު ދަރިފުޅުވެސް މެއެވެ.
ޕްރިންސް ހެރީއާއި މޭގަން އަށް ލިބިވަޑައިގެންނެވި ދަރިފުޅު ވާނީ ކުއީން އެލިޒަބަތްގެ އަށް ވަނަ މުނި މާމަ ދަރިކަލަށެވެ.
އެ ދަރިފުޅު ވެގެންދާނީ އިނގިރޭސިވިލާތުގެ ތަހުތު ވާރުތަ ކުރައްވާ ބޭފުޅުންގެ ލިސްޓުގައި ހަތްވަނަ ބޭފުޅާއަށެވެ. އިނގިރޭސި ވިލާތުގައި ރަނިކަން މިހާރު ކުރައްވަމުން ގެންދަވަނީ ކްއީން އެލިޒަބަތު 2 އެވެެ.