09 May 2019, 09:29
ބޮލީވުޑްގެ ދެ ޖޯޑު ރަންބީރު ކަޕޫރު 36، އަދި އާލިއާ ބަޓް 26،ގެ ކައިވެނިވެސް ކުރާނީ އިޓަލީގެ ލޭކް ކޯމޯގައި ކަމަށް ބޭރުގެ ހަބަރުތައް ބުނެފިއެވެ.
އިޓަލީގެ ލޭކް ކޯމޯ އަކީ މިދިޔަ އަހަރު ކައިވެނިކުރި ރަންބީރުގެ ކުރީގެ ލޯބިވެރިޔާ ދީޕިކާ ޕަދުކޯން އަދި ރަންވީރު ސިންހް ކައިވެނި ކުރި ތަންވެސްމެއެވެ.
ރަންބީރު އާއި އާލިއާގެ ކައިވެނީގެ ވާހަކަތައް ވަރަށް ބާރަށް ދެކެވެމުން އައި ނަމަވެސް މިއަހަރު ތެރޭ އެދެތަރިން ކައިވެންޏެއް ނުކުރާނެއެވެ.
ފިލްމުފެއާ އަށް ދިން އިންޓަވިއެއްގައި ރަންވީރު ބުނީ މަސައްކަތުގެ މާހައުލުން ކުޑަ ބްރޭކް އެއް ނަގައި ޔޫރަޕްގެ ގައުމުތަކަށް ދަތުރު ކުރަމުން އަންނަ ކަމަށެވެ. އަދި "ލޭކް ކޯމޯ އަށް ޒިޔާރާތްކޮށް ތަޖުރިބާކުރަން،" ވެސް ހަމަޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ.
އިޓަލީގެ ލޭކް ކޯމޯއަކީ ގިނަ އަދަދެއްގެ ފަންނާނުންގެ ކައިވެނީގެ ހަފްލާ ބާއްވާފައިވާ ތަނެކެވެ.