09 May 2019, 08:55
ރޯދަމަހު ހެނދުނު 8:00 އިން މެންދުރު 2:00 އަށް، ހަތަރު ފުރޮޅުލީ ވެހިކަލަށް މަޖީދީ މަގު މިއަދުން ފެށިގެން ވަންވޭ ކުރަން ނިންމައިފި އެވެ.
ފުލުހުން ކުރި ޓުވީޓެއްގައި ބުނީ އެގޮތަށް އަމަލަކުރަން ނިންމީ މުދާ އުުފުލާ ގަޑިތަކާއި ސްކޫލުތައް ނިމޭގަޑިއާ ދިމާވާތީއާއެކު މަޖީދީ މަގުގެ ޓްރެފިކް ބާރުބޮޑުވާތީ ކަމަށެވެ.
"09 މޭ 2019 ވަނަ ދުވަހުން ފެށިގެން ކޮންމެ ރަސްމީ ދުވަހެއްގެ 08:00 އިން 14:00 އަށް މަޖީދީ މަހު ހުޅަނގުން އިރަށް ހަތަރު ފުރޮޅުލީ އުޅަނދުތަަކަށް ވަންވޭ ކުރާނެ ވާހަކަ ދަންނަވަން." ފުލުހުންގެ ޓުވީޓުގައިވެއެވެ.
ރޯދަމަހު މުދާ އުފުލޭނެ ގަޑިތަަކަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބަދަލުގެނެސްފަ އެވެ. އެ ވަގުތުތަކަކީ ހެނދުނު 9:00 އިން ފެށިގެން ހަވީރު 3:00 އަށް އަދި ރޭގަނޑު 9:00 އިން ފެށިގެން ހެނދުނު 6:00 އަށެވެ.
ހަވީރު 4:00 އިން ރޭގަނޑު 09:00 އަށް މުދާ އުފުލުން ވަނީ މަނާ ވެސްކޮށްފަ އެވެ.