09 May 2019, 00:25
މާލޭ ސަރަހައްދުގައި ހުރި ފަސް ޕެޓްރޯލް ޝެޑެއް މެންދަމު އެކެއް ޖަހަންދެން ހުޅުވާފައި ބަހައްޓާގޮތަށް ނިންމައިފިއެވެ.
ޕެޓްރޯލް ޝެޑުްތައް އޮޕަރޭޓް ކުރަމުންދާ ފިއުލް ސަޕްލައި އޮފް މޯލްޑިވްސްއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ މިއީ ރަމަޟާން މަހާ ދިމާކޮށް ގެނައި ބަދަލެއް ކަމަށެވެ.
ރަމަޟާން މަހާ ދިމާކޮށް ކޮންމެ އަހަރަކުވެސް ޕެޓްރޯލް ޝެޑުތަކުން ދޭ ހިދުމަތްތަކުގެ ގަޑިތަކަށް ބަދަލު ގެނެއެވެ. އަދި މިފަހަރުވެސް ހިދުމަތް ދޭ ގަޑިތަކަަށް ބަދލުގެނަައި ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށް ފިއުލް ސަޕްލައި މޯލްޑިވްސްއިން ބުންޏެވެ.
ޕެޓް ރޯލް ޝެޑުތައް މެންދަމު އެކެއް ޖަހަންދެން ހުޅުވާފައި ބަހައްޓަން ނިންމި ނަމަވެސް ކޮންމެ ދުވަހަކުވެސް ހަވީރު ފަހަކު އަށެއް ޖަހަންދެން ބަންދުކޮށްފައި ބަހައްޓަންވެސް ވަނީ ނިންމައިފައެވެ.
ރަމަޟާން މަހާ ދިމާކޮށް ކެއުން ބުއިމުގެ ހިދުމަތް ދޭ ތަންތަނާއި އަދި ކެފޭތަކުގެ ހިދުމަތްދޭ ގަޑިތަކަށްވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ބަދަލުގެނެސްފައެވެ. އެގޮތުން ކެފޭތައް އެންމެ ލަސްވަންދެން ހިންގޭނީ މެންދަމު ތިނެއް ޖަހަންދެން ކަމަށާއި އަދި ފިހާރަތައް އެންމެ ގިނައިރު ބެހެއްޓޭނީ ރޭގަނޑު 12 ޖަހަންދެންކަމަށް ވަނީ ކަނޑައަޅައިފައެވެ.