މާރުކޭޓް ސަރަހައްދުގައި ދެ މީހަކު ފުލުހުންނަށް ހަމަލާ ދީފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ހިނގައިފައިވަނީ މިއަދު ހަވީރު 04:11 ކަން ހާއިރު މާރުކޭޓް ސަރަހައްދުގައި ބިދޭސީއަކާ ދިވެއްސަކާއި ދެމެދު ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ކަމަަށެވެ.

ފުލުހުން ބުނީ އެ ވަަގުތު މާރުކޭޓް ސަރަހައްދުގައި މަސައްކަތްކުރި ޓްރެފިކް ފުލުހަކު އެ ހަމަނުޖެހުުން ކޮންޓްރޯލް ކުރަން މަސައްކަތް ކުރި ކަމަށާއި ނަމަވެސް ދެ ދިވެހިން ފުލުސް މީހާއަށް ހަމަލާ ދިން ކަަމަށެވެ.

އެ މައްސަލައިގައި އެ ދެ މިީހުން ހައްޔަރުކުރި ކަމަށާއި އެހެން ނަމަވެސް މިހާރު ނަސޭހަތް ދިނުމަށް ފަހު ދޫކޮށްލައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާގައި ހައްޔަރުކުރި އެއް ދިވެއްސެއްގެ އަނގަމަތިން ކޮންމެވެސް ވަރަަކަށް ލޭ އައިސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ރަމަޟާން މަހާ ގުޅިގެން މާލޭގެ އެކި ސަރަހއްދުތަކުގައި ގަވައިދުން ޕެޓްރޯލްކުރުމުންދާ ކަމަށް ފުލުހުން ބުންޏެވެ.