އިންޑިޔާގައި ކްރިކެޓްގެ ފޯރި ކުޑަވަމުންދާ ކަމަށް އައިސީސީއިން ހެދި ދިރާސާއަކުން ދައްކައިފިއެވެ. މިއީ ވަރަށް ގިނަ ބަޔަކަށް ހައިރާންކަން ގެނެސްދިން ކަމެކެވެ. އިންޑިޔާއަކީ މުޅި ދުނިޔޭގައި ވެސް ކްރިކެޓުގެ ފޯރި އެންމެ ގަދަ ގައުމެވެ.

އިންޑިޔާގައި ކްރިކެޓުގެ ފޯރި ކުޑަވަމުންދާ އެއް ސަބަބަކީ ކްރިކެޓުގެ ކަންތައް ހިންގުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން، ކްރިކެޓުގެ އިވެންޓުތައް މެނޭޖު ކުރުމުގައި ނުކުޅެދިފައިވުން ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. މި ގޮތުން މިދިޔަ އަހަރު ވެސް ވަރަށް މަދުން ނޫނީ ކްރިކެޓުގެ ލައިވް އިވެންޓްތަކެއް ޓެލެކާސްޓް ކުރެވިފައި ނުވާ ކަން ފާހަގަ ކުރެވޭ ކަމަށް ރިޕޯޓުތަކުގައި ފާހަގަ ކޮށްފައިވެއެވެ.

އިންޑިޔާގެ ކްރިކެޓް ދަނޑުތަކުގައި ވެސް މައްސަލަ ހުރި ކަމަށް ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ. ކްރިކެޓްގެ ފޯރި ދަށްވަމުންދާ އަނެއް ސަބަބަކީ އިގްތިސާދީ ގޮތުން އިންޑިޔާއަށް އަންނަމުންދާ ކުރިއެރުމުގެ ސަބަބުން މަސައްކަތުގައި މީހުން ހޭދަ ކުރަން ޖެހޭ ވަގުތު ގިނަވަމުން ދިއުމުގެ ސަބަބުން، ކްރިކެޓު ކަހަލަ ގިނަ ވަގުތު ނަގާ ކުޅިވަރަކަށް ވަގުތު ހުސްކުރަން ދަތިވުމެވެ.
މިހާރު އިންޑިޔާގައި އެންމެ ފޯރިގަދަވަމުން އަންނަ ކުޅިވަރުތަކަކީ ބޭސްބޯލް އާއި ފުޓުބޯޅަ ކަމަށް ކަބަރު ލިބެއެވެ.