07 May 2019, 14:22
އުމްރާ ދަތުރަކާއެކު ގިނަ އިނާމްތަކެއް ލިބޭގޮތަށް އެލިއާއިން "ޔަމަހާ ވިން ވިން 1440" ގެ ނަމުގައި ޕްރޮމޯޝަން ފަށައިފި އެވެ.
މިއީ އެލިއާގެ ވިޔަފާރިއަށް އަށް 55 އަހަރު ފުރިހަމަވެ، އެލިއާ އާއި ޔަމަހާގެ ގުޅުމަށް 45 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅިގެން ކުރިއަށްގެންދާ ސިލްސިލާ ޕްރޮމޯޝަން "އެންމެންނަށްވެސް" ގެ ދަށުން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.
އެ ޕްރޮމޯޝަންގެ ދަށުން 'ޔަމަހާ މޯލްޑިވްސް'ގެ ފޭސްބުކް ޕޭޖް ލައިކް ކޮށް، ޝެއާރ ކޮށްދެއްވާ އެންމެހާ ބޭފުޅުންގެ ތެރެއިން ގުރުއަތުން ދިމާވާ ނަސީބުވެރި ފަރާތަކަށް އުމްރާ ދަތުރެއް ލިބޭނެކަމަށް އެ ކުންފުނިން ބުންޏެވެ.
އޭގެ އިތުރުން "ސިޓްރޯން ބައި ލެމަންގްރާސް" އިން މި ރަމަޟާންމަހުގައި ރޯދަ ވީއްލުމަށް ވަޑައިގަންނަވާ އެންމެހާ ބޭފުޅުންގެ ތެރެއިން، ގުރުއަތުން ދިމާވާ ނަސީބުވެރި 02 ފަރާތަކަށް، ޔަމަހާ ބްރޭންޑްގެ "އެރޮކްސް 155" އަދި ޔަމަހާއިން އެންމެ ފަހުން ތަޢާރަފު ކުރި ޔަމަހާ "ފްރީގޯ" މޮޑެލްގެ ސައިކަލެއް ލިބޭނެކަމަށް އެލިއާއިން ބުންޏެވެ.
އެލިއާއާއި ސިޓްރޯންއިން ގުޅިގެން އެ ޕްރޮމޯޝަން ހިންގަމުންދާތާ މިއީ 4 ވަނަ އަހަރެވެ.
އޭގެ އިތުރުން ޕްރޮމޯޝަންގެ ދަށުން ޔަމަހާ "އެމް އެކްސް ކިންގް" އަދި ޔަމަހާ "ކިއުބިކްސް" މޮޑެލްގެ ސައިކަލު ބައްލަވައިގަންނަވާ ކޮންމެ ފަރާތަކަށް ވަރަށް ޚާއްޞަ ހަދިޔާއެއް ދިނުމަށްވެސް އެލިއާއިން ވަނީ ނިންމައިފއެވެ. އެގޮތުން މަހުން މަހަށް ފައިސާ ދައްކާގޮތަށް ބައްލަވައިގަންނަވާ ސައިކަލުގެ އާއްމުކޮށް ދައްކަމުންދާ ޑައުން ޕޭމަންޓްގެ އަދަދުން %50 ދަށްކޮށް ދެއްކުމުގެ ފުރުސަތުވެސް އެ ޕްރޮމޯޝަންގެ ދަށުން ލިބެއެވެ.
އެލިއާއިން ކުރިއަށްގެންދާ އިންސްޓޯލްމަންޓް ސްކީމަކީ އިސްލާމީ ޝަރީޢާއާއި އެއްގޮތްވާ ގޮތުގެމަތިން، ރިބާ ނުހިމެނޭ އިންސްޓޯލްމަންޓް ސްކީމެއެކެވެ. މަހުން މަހަށް ފައިސާ ދައްކާ ގޮތަށް ސައިކަލު ނަންގަވާ ފަރާތްތަކަށްވެސް ސައިކަލު ލިބިގެންދާނީ އެފަރާތެއްގެ ނަންމަތީގައި ޕްރައިވެޓް ބޯޑުގައެވެ.
އެ ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 06 މެއި 2019 އިން 03 ޖޫން 2019 އާ ހަމައަށެވެ. މި ޕްރޮމޯޝަންއާއި ބެހޭ އިތުރު މައުލޫމާތު ބޭނުންފުޅުވެލައްވާނަމަ 3009797 އަށް ގުޅުއްވުމަށް އެލިއާ އިންވެސްޓްމަންޓްސްއިން އެދެއެވެ.