ބީއެމްއެލް އިން ހުޅުމާލޭގައި އިތުރު ސެލްފް ސާވިސް ބޭންކިން ސެންޓަރެއް ހުޅުވައިފި އެވެ.

ބީއެމްއެލް އިން މިއަދު އެ ސެލްފް ސާވިސް ބޭންކިން ސެންޓަރު ހުޅުވީ ހުޅުމާލޭގެ ފިތުރޯނު މަގުގައި ހުންނަ ރިނާޓަސް އިތާމުއި އެޕާޓްމަންޓް ކޮމްޕްކެކްސްގެ ތިރީގަ އެވެ.

އަލަށް ހުޅުވި ސެލްފް ސާވިސް ބޭންކިން ސެންޓަރުގައި ތިން އޭޓީއެމް ހުރެ އެވެ. އެއީ ޗެކާއި ނަގުދު ފައިސާ ޑިޕޮޒިޓް ކުރެވޭ އަދި ނަގުދު ފައިސާ ނެގޭ ދެ އޭޓީއެމް އާއި ޗެކް ޑިޕޮޒިޓް ކުރެވޭ އަދި ނަގުދު ފައިސާ ނެގޭ އެއް އޭޓީއެމް އެވެ.

ބީއެމްއެލް އިން ބުނީ އެ ސެންޓަރު ހުޅުވުމުން، ބޮޑުވަމުން އަންނަ ހުޅުމާލޭގެ އާބާދީއަށް ފައިސާ ނަގާ ޑިޕޮޒިޓް ކުރުމުގައި އިތުރު ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.

ހުޅުމާލޭގައި، މިއަދު އަލަށް ހުޅުވި ތިން އޭޓީއެމްއާ އެކު ހުޅުމާލޭގައި ހުންނަ ބީއެމްއެލްގެ ހިދުމަތް ދޭ އޭޓީއެމްތަކުގެ އަދަދު ހަތަކަށް ބަދަލުވީ އެވެ.