20 Oct 2011, 18:00
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށް ގަލޮޅު ކެތުލިން އިބްރާހީމް ހާލިދު، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ހަމަޖައްސަވައިފި އެވެ.
އެބޯޑުގެ މެންބަރަކަށް އިބްރާހީމް ހާލިދު މިހަމަޖެއްސެވީ އެބޯޑުގެ މެންބަރަކަށް ހުންނެވި ގަލޮޅު މެޑޯ ޝާޒް ވަލީދު، ބޯޑު މެންބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގައި އިބްރާހީމް ހާލިދުގެ އިތުރުން މިހާރު ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ބޯޑުގެ ޗެއާމަން މައްޗަންގޮޅި ބަންދުގޭ އިބްރާހީމް ސަލީމާއި، މެނެޖިން ޑިރެކްޓާ ހެންވޭރު ނޫމުތީ މުހައްމަދު އިބްރާހީމާއި، މައްޗަންގޮޅި ބްލޫގްރާސް އަހުމަދު މުރާދާއި، މައްޗަންގޮޅި ފެހިއަލި މުހައްމަދު ވަހީދާއި، ގަލޮޅު ތަލްވާރުގޭ އާދަމް ރަޝީދު އަހުމަދެވެ.