އިންޓަނޭޝަަނަލް ފްޑް ސޮލިއުޝަންގެ އޮފީހުގެ ތިޖޫރީ ފަޅާލައި 234،923 ރުފިޔާ މިއަދު ވަގަށް ނަގައިފި އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 08:42 އެހާކަންހާއިރު އެ އޮފީހުން ވައްކަން ކޮށްފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ވަގަށް ނަގާފައި ވަނީ ތިޖޫރީގައި ހުރި 234،923 ރުފިޔާގެ އިތުރުން ވަތްގަނޑުތަކުގައި ހުރި ފައިސާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެތަނަށް ވަދެފައި ވަނީ ދޮރުގެ ތަޅު ހަލާކުކޮށްލައިގެން ކަމަށް ފުލުހުން ބުންޏެވެ.